ތ ގުރައިދޫ އިން އިއުލާން ނުކޮށް ބިންތަކެއް ދޫކުރި މައްސަލައިގައި އެރަށު ކައުންސިލްގެ ކުރީގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީ އިން ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސަރާހްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.
އޭސީސީ އިން ބުނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާއި ބެހޭ ގަވާއިދާއި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާ ހިލާފަށް ގުރައިދޫ ކައުންސިލުން އަމަލުކޮށްފައިވާ ކަން އެ ކޮމިޝަނަންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މީގެ އިތުރުން އިއުލާން ނުކޮށް ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސެއިން އަހަދާއި މުހައްމަދު ސަރާހު ސޮއިކޮށްފައިވާތީ ބިންތައް ދޫކުރުމުގައި އެދެމީހުންގެ ބައިވެރިވުން އޮތްކަށް އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

