ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބަށް އޮފިޝަލުން ހޯދަނީ

އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.

ވޯޓްލާ މަރުކަޒުގެ އޮފިޝަލުން ހޯދުމަށް ކުރި އިއުލާނުގައި، ޝަރުތުގެ ގޮތުގައި ވަނީ 18 އަހަރުން މަތީގެ މީހެއް ކަމަށް ވުމާއި އެއްވެސް ސިޔާސީ ޕާޓީޢެއްގެ އިސް މަގާމުގައި ނޫޅޭ މީހެއްކަމުގައި ވުމާ އެކު އެއްވެސް ސިޔާސީ ޕާޓީއެއްގެ ކެމްޕޭންގައި އުޅޭ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން އޮފިޝަލް ކަމަށް ފޯމް ހުށަހަޅާ މީހަކީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، ދަރިއެއް، ފިރިއެއް، އަންބެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު. އެއްބަފާ މީހަކަށް ނުވުން ހިމެނެއެވެ.

ވޯޓްލާ މަރުކަޒުގެ އޮފިޝަލުންގެ މުސާރަ ލިބޭނީ ހަމައެކަނި ވޯޓްލާ ދުވަހަށް އެކަނި ކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ. އެގޮތުން ވޯޓްލާ މަރުކަޒުގެ ވެރިޔާއަށް 1500 ރުފިޔާ، ވެރިޔާގެ އެހީތެރިޔާއަށް 1200 ރުފިޔާ، ވޯޓްލާ މަރުކަޒުގެ އޮފިޝަލަކަށް 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ 500 ރުފިޔާ ކަނޑައަޅާފައިވާ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

ވޯޓްލާ މަރުކަޒުގެ ވެރިޔާގެ މަގާމަށް ހަމަޖެހޭ ފަރާތްތަކަށް ފޯން އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ލިބޭނެ ކަމަށް އީސީގެ އިއުލާންގައި ބުނެފައިވެއެވެ.

ވޯޓްލާ މަރުކަޒުގެ އޮފިޝަލުންނަށް ކުރިމަތިލާ ފަރާތްތަކަށް ހިންގާ ހާއްސަ ތަމްރީން ޕްރޮގްރާމްއެއް ފުރިހަމަކުރަންޖެހެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭނެއެވެ.

ތަމްރީން ފުރިހަމަ ނުކުރާ ފަރާތްތަކުން އޮފިޝަލް ކަމަށްއެދި ފޯމް ހުށަހެޅި ނަމަވެސް ފުރުސަތު ނުލިބޭނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އޮފިޝަލުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖޫން މަހުގެ 22 ގެ  މެންދުރު 1 ގެކުރިން ފޯމް ހުށަހަޅަން ޖެހޭނެއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރަކަށްދާނަމަ ދެވަނަ ބުރުގެ ވޯޓްލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: