ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މީގެ ކުރިން ބޭއްވި ހަފްލާއެއްގެ ތެރެއިން ރައީސް ސޯލިހާއި ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްވެ އޮވެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ދާދި ފަހުން ކަނޑައެޅިފައިވާ ޖުމްހޫރީ ޕާޓީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، އެ ޕާޓީގެ ކައުންސިލުންވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އެހެންކަމުން އަސާސީ ގަވައިދާ އެއް ގޮތް ވާގޮތުގެ މަތިން އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ޕްރައިމަރީއަކުންކަމަށް ބަޔާނުގައިވެއެވެ.

ރައީސް ކަމުގެ މަގާމަށް އައުމަށް ޝަރުތު ހަމަވާ އެންމެހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާކަމަށް ފާހަގަކޮށް ޖޭޕީއިންވަނީ އެ މީހެއްގެ އައިޑީ ކާޑާއި ވަނަވަރު މާޗު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޕާޓީ އޮފީހަށް ހުށައެޅުމަށް ބުނެފައެވެ.

ޖުމްހޫރީ ޕާޓީއިން ރައީސް ސާލިހާއިއެކު ކުރިއަށް ނުދާނެކަން ހާމަވުމާއިއެކު، ބައެއް ފަރާތްތަކުން ދަނީ ސަރުކާރުގެ ސްލޮޓުތަކުގައި ތިއްބެވި އެ ޕާޓީގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އެ ޕާޓީއިން ދަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން އާއިއެކު ގާތުން މަސައްކަތްކުރަމުންކަން ފާހަގަކުރެވޭ އިރު، ގުޅިފައިވާ ޕީޖީ ގުރޫޕެއް އެކުލަވާލުމަށްވެސް މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: