ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުނިތަކުގެ އިސްވެރިން ރައީސްއަށް ދެވަނަ ދައުރެއް ދޭން ބޭނުންވަނީ ކޮރަޕްޝަން ހިންގަން: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދެވަނަ ދައުރެއް ދިނުމަށް ބޭނުންވަނީ އެތަންތަނުގެ ވެރިން ހިންގާ ނާޖައިޒު ކޮރަޕްޝަން ހިންގަން ބޭނުންވާތީ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ހަސަން ވިދާޅުވީ ރައީސް ސާލިހު ނޫން އެހެން ބޭފުޅެއް ވެރިކަަމަށް ދެވަނަ ދައުރަކަށް އަޔަސް ކުންފުނިތަކުގެ އިސްވެރިންނަށް ހެޔޮ ކަމަށާއި، ސަބަބަކީ އެބޭފުޅުން ބޭނުންވަނީ އެބޭފުޅުން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ފުރުސަތު ލިބުން ކަމަށެވެ.

އެބޭފުޅުންނަށް ވަރިހަމަ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވާކަށް ނޫން، އެބޭފުޅުންނަށް އެންމެ ރަނގަޅު އެތަނަށް އެެހެން މީހަކު އަޔަސްވެސް. އެކަން އެމީހުންނަށް އެފުރުސަތު އޮންނަ ގޮތަކަށް ދެވަނަ ދައުރެއް ލިބެންޏާ. މިއީ މިކަން ހިނގާ ގޮތް.

ފެނަކައިން އެމީހުންނަށް ދޭންޖެހޭ ފައިސާ ނުދީގެން އާއްމު ރައްޔިތުންގެ ތެރެއިން އެތަށް ބަޔަކު ދަރާފައިވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ކިތައް ލޯންޗްތޯ އެމްޑީޕީ އެތެރޭގެ އިންތިހާބުގައި އެ ބޭނުންކުރަނީ ނާޖައިޒުކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް މަސައްކަތް ކުރުމަށް ދަތުރުފަތުރު ކުރުމަށް. ކުންފުނީގެ ލޯންޗް. މިކަން ބެލޭނެ ގޮތެއް ނެތިއްޔާ އެއީ މައްސަލައެއް.

އެކި ސަރުކާރުތަކުގައި އެކި ނަންނަމުގައި ކުންފުނި ހަދައި ހިންގާފައިވާއިރު އެހުރިހާ ކުންފުނިތަކުގައި އެއްގޮތްކަމެއް ހުރިކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ އެހުރިހާ ކުންފުނިތަކުގައި ކޮރަޕްޝަނާއި ވައްކަން ހިނގާ ދިޔައިރު ބެލޭނެ ގޮތެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: