ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މި ކޯލިޝަން ދެމެހެއްޓީ ގާސިމް”

ރައީސް ސޯލިހާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް އިންތިހާއަށް ތާއީދު ބޮޑުކަމަށް ފެނިގެންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ، ކުރައްވާ މަސައްކަތްތައް ހިކުމަތްތެރިކަމާއިއެކު ކުރައްވާ، އެ މަސައްކަތްތައް އާ ހަރުފަތްތަކަށް ގެންގޮސް ނެގެން އޮތް އެންމެ ފުރިހަމަ މަންފާއެއް ނަންގަވާ ބޭފުޅެކެވެ. އަދި ލިބިވަޑައިގަންނަވާ މަންފާއިން ބީރައްޓެހި އެތައް ދިވެއްސަކަށް އެތައް ބޭނުންތަކެއް ފުއްދައިދެއްވާކަންވެސް އެނގެއެވެ.

ވިލާ ކުންފުނި ކުރިއަރައިގެން ގޮސްފައިވާ މިންގަނޑަށް ބެލުމުން ގާސިމް އަކީ ކާމިޔާބު އިގްތިސާދީ މާހިރެއްގެ ގޮތުގައި ފެނިގެންދެއެވެ. އެހެންކަމުން ވެވަޑައިގަންނަވާ ކޮންމެ އެއްބަސްވުމަކާއިވެސް އެއްގޮތަށް ގާސިމް އަމަލުކުރައްވާނެ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިއަދު ރިޔާސީ އިންތިހާބާއި ގާތް ވަމުންދާ ވަރަކަށް ދެކެވެމުންދަނީ ކުރިމަތިލައްވާނެކަމަށް އިއުލާނު ކުރެއްވި ކެނޑިޑޭޓުންގެ ވާހަކަތަކެވެ. މުޅި ރާއްޖެއިންވެސް ވިސްނަމުންދަނީ ވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓަކާއިމެދުއެވެ.

މި ވާހަކަތަކުގެ ތެރެއިން އިވެމުންދާ އެއް ވާހަކަ ފާހަގަކޮށްލެވެއެވެ. އާންމުގެ ބައެއް ފަރާތްތަކުންވަނީ މިހާރުގެ ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގެ ކްރެޑިޓު ޖޭޕީގެ ލީޑަރު ގާސިމްއަށް ދީފައެވެ. އަދި ސަރުކާރުގެ ކާމިޔާބީއެއް ވާނަމަ އެކަމުގެ ފަހަތުގައި ޖޭޕީގެ އަތެއް ވާނެކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކަން އިއުލާނުކުރުމާއިއެކު މިހާރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުންދަނީ އެ ޕާޓީއިން މި ދައުރުގެ ތެރޭގައި އެއްބާރުލުންތަކެއް ދީފައިނުވާކަމަށޭވެ. ގާސިމްވެސް ވަނީ މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދުމުގައި ޖުމްހޫރީ ޕާޓީއަށް އެ ޕާޓީގެ ވިސްނުންތައް ހިމެނުމުގެ ފުރުސަތު ލިބިފައިނުވާކަން ހާމަކުރައްވާފައެވެ.

އެހެންނަމަވެސް މި ކޯލިޝަން ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ޕާޓީއިން ކޮށްފައިނުވާކަަމަށް ބުނާ ވާހަކަތައް ގަބޫލުކުރަން ދައްޗެވެ. ޖުމްހޫރީ ޕާޓީއަކީ މިހާރު އޮތް ކޯލިޝަންގެ ދެވަނަ އަށް އެންމެ އިސް ޕާޓީކަމަށްވާއިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމްއަކީ އެ ޕާޓީގެ މެމްބަރެކެވެ.

ފައިސަލް ފެނިގެންދަނީ އެންމެ ކުރީއްސުރެވެސް ރައީސް ސާލިހު އަދި އެމްޑީޕީގެ ސަރުކާރާއިއެކު މަސައްކަތްްކުރައްވަމުންދާ ބޭފުޅެއްގެ ގޮތުގައެވެ. ފަހަކަށް އައިސް ރިޔާސީ އިންތިހާބުގެ ވާހަކަތައް ދައްކަވާއިރު، ފައިސަލްގެ ފަރާތުން ރައީސް ސާލިހަށް ތާއީދުގެ ބަސްތައްވެސް އިވިގެންދިޔައިރު، އެކަމަށް ހުރަހެއް އެޅުމުގެ ގޮތުން ޖުމްހޫރީ ޕާޓީ އަދި ގާސިމްގެ ފަރާތުންވެސް އެއްވެސް އަމަލެއް ހިންގާފައިވާކަން ފާޙަގަ ނުކުރެވެއެވެ.

ޕާޓީއިން ނެރޭ ކެނޑިޑޭޓަށް ތާއީދު ނުކުރުމުން ފިޔަވަޅު އެޅުމުގެ ފުރުސަތުވެސް އޮތް އިރު، އެ ޕާޓީގެ އެންމެ ބޮޑު ބައްދަލުވުމުގައިވެސް ފައިސަލް ބައިވެރިވެވަޑައިނުގެންނެވި މައްސަލައިގައިވެސް އެއްވެސް ބަހެއް ވިދާޅެއް ނުވެއެވެ.

ގިނަ ފަރާތްތަކުން ބުނަމުންދަނީ އެ މައްސަލަތައް ޖޭޕީއިން ނަގާފައިނުވަނީ ދައުރު ނިމެން ކައިރިވެފައިވުމާއިއެކު ސަރުކާރުގެ މަސްލަހަތު ހިފެހެއްޓުމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ރައީސް ސާލިހަށް ތާއީދުކުރައްވާ ފަރާތްތަކުންވަނީ ސަރުކާރުގެ ސްލޮޓު ތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ގާސިމް ވަނީ އެފަދަ ފިޔަވަޅެއް ނަގާ ހާލަތު މެދުވެރި ވެފައިނުވާކަމަށް ފާހަގަކޮށްފައެވެ. އަދި އެފަދަ ހާލަތެއްގައި ރައީސްވެސް އިސްތިއުފާ ދެއްވަންޖެހޭނެކަމަށް އެނާ ވަނީ ނުރުހުންވެ ވިދާޅުވެފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދައުރުގެ ދަހިވެތިކަމުގައި މި ދައުރުގައި އެކުލަވާލާފައިވާ ސަރުކާރު ރޫޅާ ލެއްވުމަށް މަސައްކަތް ނުކުރައްވައެވެ. އެހެންކަމުން މި ކޯލިޝަން ދެމެހެއްޓީ ގާސިމްކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ގަދަޔަށް ފިޔަޖަހަމުންދާ އެއް ތަރިކަމަށްވާ ގާސިމް ވެރިކަމަށް އައުމަށް ގޮވާލާ އަޑުތައް ދަނީ ގަދަވަމުންނެވެ. ުއުމުރު ދުވަސް ވިޔަފާރީގެ ތެެރޭގައި ހޭދަ ކުރައްވާފައިވާ ގާސިމް ވެރިކަމުގެ ތަހުތަކަށް ވަޑައިގަތުމުން ވިލާ ކުންފުންނަށް ވެގެން ދިޔަ ފަދައިން ގައުމުގެ ކަންކަންވެސް އެފަދަ ގޮތަކަށް ކުރިއަރައިގެންދާނެތޯ ގިނަ ބަޔަކުގެ ތެރޭގައި ސުވާލު ކުރެވެމުންދެއެވެ.

ޖޭޕީއަކީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ނަމަވެސް މިވަގުތު އެ ޕާޓީއަކީ ރާއްޖޭގެ އެންމެ މުހިންމު ސިޔާސީ ޕާޓފަދައެވެ. ސަރުކާރުގެ އިސްވެރިން ޖުމްހޫރީ ޕާޓީ އާއިކު އެއްބަސްވުމެއް ގާއިމު ކުރެވޭތޯ މަސައްކަތްކުރަމުންދާއިރު، މިހާރު ކޯލިޝަންގައި އޮތް ރައީސް މައުމޫނުގެ އެމްއާރްއެމްއިންވެސް ވަނީ ގާސިމް އާއި އެކު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެހެންކަމުން ރައީސް ޔާމީން އަދި ރައީސް ނަޝީދަށްވުރެވެސް ބޮޑަށް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް މިވަގުތު ހުރަހެއްގެ ގޮތުގައި ފެނިގެންދަނީ ޖުމްހޫރީ ޕާޓީއެވެ. ރައީސް ސާލިހާއިއެކު އަދާލަތު އަދި އެމްޑީއޭއިން ކޯލިޝަން ހެދުމަށް އެއްބަސްވެފައިވާނަމަވެސް، އެކަމާއި ގުޅިގެން އެ ދެ ޕާޓީގެ މެމްބަރުންވެސް ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ 39 އިންސައްތަވެސް މިއަދު ރައީސް ސާލިހާއި ދެކޮޅަށް ތިބުމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު ބޮޑެވެ.

ރައީސް ނަޝީދު އަދި ޕީޕީއެމްއަށްވެސް ސަޕޯޓުކުރާ ފަރާތްތަކުން ރައީސް ސާލިހަށް ވޯޓު ނުދޭނެކަމަށް ވުމުން، އެ ފަދަ ހާލަތެއްގައި ވޯޓު ދޭނީ ގާސިމްއަަށް ކަމަށްވުމުން، މީގެ ކުރިން ގާސިމްއަށް ވެރިކަމާއި ގާތް ވެވިފައިނުވާވަރަށް މިއަދު މިވަނީ ގާތްވެވިފައެވެ.

ޔަގީނުންވެސް ޖުމްލަ ގޮތެއްގައި މުޅި ޖުމްހޫރީ ޕާޓީއިންވެސް އޮތީ ރައީސް ސާލިހާއި ދެކޮޅަށް ނުކުމެ ވެރިކަން ހާސިލު ކުރުމުގެ ޖޯޝާއި އުންމީދާއިއެކުއެވެ. އެހެންކަމުން ޕާޓީގެ އަގުލަބިއްޔަތުގެ އެދުމާއި އެއް ގޮތަށް ލިބިވަޑައިގެންފައިވާ ފުރުސަތުގެ ބޭނުން ގާސިމް ނުހިއްޕަވައިފި ނަމަ، އެ ވެވެނީ ޕާޓީގެ މެމްބަރުނަށް އިހުމާލެވެ.

ގިނަ އަދަދެއްގެ މީހުން ދެކޭ ގޮތުން ވެރިކަން ކުރުމުގެ މަގުސަދުގައި އެކުލަވާލެވޭ ސިޔާސީ ޕާޓީއެއް އެ މަސައްކަތްތައް ނުކުރާ ނަމަ ނުވަތަ އެ މަސައްކަތްތަކުން ފަސް ޖެހޭ ނަމަ، އޮތުމަށްވުރެ ނެތުން ރަނގަޅެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: