ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ މޮޓޯކޭޑު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ވަރަށް ރޭވިގެން: އިދިކޮޅު

ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސް އަޅަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ބައިވެރިން ހުރަސްއެޅުމުން ފުލުހުން މަސައްކަތްކުރަނީ، ފުލުހުންގެ މުއައްސަސާ ފެއިލްވުމުން އެކަން ފޮރުވާ ޒިންމާއިން ރެކުމަށްކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރޭގެ ސުލްޙަވެރި އިޙުތިޖާޖު ލީޑްކޮށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އެޅިކަމަށް ބުނެ ޖިނާއީ ކުށުގެ ޓެގް އަޅުވާ ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމް ހައްޔަރު ކުރުން ބަލައެއް ނުގަންނެވޭކަމަށެވެ. އަދި އެއީ ހަނޑިމުޑުދާރު އަމަލެއްގެ ގޮތުގައި ސިފަކޮށް ޕީޕިއެމްއިން ވަނީ އެކަންތައް ކުށްވެރިކޮށްފައެވެ. އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ޝިޔާމް އެސަރަހައްދުގައިވެސް ނެތް ވަގުތެއްކަމަށް އިދިކޮޅުން ބުނެފައިވެއެވެ. ޝިޔާމްގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ޝިޔާމް ހައްޔަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިޔުރިޓީ ފެއިލްވުމުން އެކަމުގެ ޒިންމާއިން ރެކެން ދެއްކި ބަހަނާއެއްކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

ރޭ ކުރިއަށް ގެންދެވުނު ސުލްޙަވެރި އިޙުތިޖާޖު ނިންމާލުމަށްޓަކައި އިޙުތިޖާޖުގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއްގައި ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެމަނިކުފާނުގެ ކާރުކޮޅާއެކު ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނޭ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވޭކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ. އަދި އެއީ ވަރަށް ބޮޑަށް ރޭވިގެން ހިންގި ޢަމަލެއްގެ ގޮތުގައި ތުހުމަތުކޮށް އިދިކޮޅުން ބުނެފައިވަނީ އެހެން ނޫންކަމަށްވާނަމަ އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ ދެ މުއައްސަސާގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ ޢަމަލެއްކަމަށެވެ. ނުވަތަ އެ 2 މުއައްސަސާ އެންމެ މަތިން ފެށިގެން ފެއިލް ވެފައިވާ ކަމުގެ ޢަލާމާތެއްކަމަށްވެސް ބުނެފައިވެއެވެ. އިދިކޮޅުން ގޮވާލާފައިވަނީ މި މައްސަލަ މިނިވަން މުސްތަޤިއްލު ފަރާތަކުން މިހާރުން މިހާރަށް ލަސްނުކޮށް ތަޙުޤީޤުކޮށް އެ 2 މުއައްސަސާ އިސްލާޙު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް މުޠަލަޤަށް ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަން އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ޙައްޤެއްގެ ބޭނުން ކުރުން އެއީ ޖިނާޢީ ކުށެއްކަމަށް ކަނޑައެޅުމުގެ ބާރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އެއްވެސް ފަރާތަކަށް ދީފައިވާ ޙައްޤެއް ނޫންކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

ރޭ ހުޅުމާލެގައި އޮތް ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާއަށްފަހު ރައީސް ސާލިހު މުލިއާގެއަށް ވަޑައިގެން އިރު، ދަތުރުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް/ޕީއެންސީގެ މެންބަރުން އާންމު ގޮތެއްގައިވެސް މުޒާހަރާކުރާ ސަރަހައްދުންނެވެ. އެއާއިއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ސާލިހުގެ މޮޓޯކޭޑަށް ހުރަސް އަޅާ، މޮޓޯ ކޭޑު ހުއްޓުވާ އަޑުގަދަކޮށްފައެވެ. ރައީސްގެ ބޮޑީގާޑުންނާއި ހަތިޔާރު އެޅި ސިފައިން އެކަން ހުއްޓުވުމަށް ވަގުތުން މަސައްކަތްކުރި ނަމަވެސް މުޒާހަރާގެ ބައިވެރިން މޮޓޯކޭޑް ދިއުމަށް ފުރުސަތުދީފައެއްނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: