ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލަ: ޔޫސުފް ނައީމަށް ކުރި ހުކުމް ވެސް ހައިކޯޓަށް

އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ހުށަހަޅައިފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކު ދައުވާ އުފުލި ޔޫސުފް ނައީމްގެ މައްޗަށް ދަށު ކޯޓުން އިއްވީ 03 އަހަރާއި 02 މަހުގެ ހުކުމެކެވެ. އަދި ކުށް ސާބިތުވެ ރައީސް ޔާމީންގެ މައްޗަށް އިއްވީ، 11 އަހަރުގެ ޖަލު ހުކުމެކެވެ.

”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޔޫސުފް ނައީމްގެ ފަރާތުން އޭނާގެ ހުކުމް ހައިކޯޓަށް ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ހުކުމް ވެސް އިސްތިއުނާފުކޮށްފައިވާއިރު މައްސަލަ ބަލައިގަތުމާއި މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މައްސަލައިގައި އިއްވި ހުކުމުގައި ވަނީ، އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔޫސުފް ނައީމާއި ހަވާލު ކުރުމުން ފައިސާ ހަމަތޯ ގުނުމެއް ނެތި ލިޔުމެއްގައި ސޮއި ކުރިކަމަށް ހެކިވެރިޔާގެ ހެކި ބަހުގައި ބުނި ނަމަވެސް އެއީ ސަބަބުވެރި އިންސާނަކު ކުރާނެކަމެއް ނޫން ކަމަށެވެ.

ޔޫސުފް ނައީމަށް 15.4 މިލިއަން ރުފިޔާ ގެންގޮސް ހަވާލު ކުރީ، 2015 ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް މައްސަލައިގައި ރައީސް ޔާމީންގެ ދިފާއުގައި ހެކިބަސް ދިން އަހުމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ބުނި ނަމަވެސް އެކަމާއި މެދު ހުކުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

މީގެއިތުރުން ފައިސާ ޖަމާވީ ސެޕްޓެމްބަރު 17 ގައިކަމަށް ލިޔެކިއުންތަކުގައި ވީ ނަމަވެސް އެކަމާއި މެދު ހުކުމުގައި ސުވާލު އުފައްދާފައި ވެއެވެ. އެތާރީހާއި މެދު ސުވާލު އުފައްދާފައި ވަނީ ސެޕްޓެމްބަރު 18 ގައި ރައީސް ޔާމީން ހައްޖުގެ އަޅުކަމަށް ސައުދީއަށް ފުރާވަޑައިގެންފައި ވާތީ އެވެ.

ޔޫސުފްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުން، އޭނާގެ ވަކީލު ހުށަހެޅުއްވީ އަދަބު ލުއިކޮށްދެއްވުމަށެވެ. ނަމަވެސް ދައުލަތުން އެދުނީ ކުށުގެ އަދަބު އެއް ދަރަޖަ އިތުރުކޮށްދޭންށެވެ.

ޔޫސުފް ނައީމްގެ ވަކީލު އޭނާ ގޭބަންދަށް ބަދަލު ކުރުމަށާއި، މިއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށް އަދަބު ލުއިކޮށްދޭން ވެސް ހުށަހެޅުއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: