ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުން އެމްއާރުއެމް އާއި ބައްދަލުކޮށްފި

އެމްއާރުއެމް އާއި އަދާލަތު ޕާޓީގެ ބައްދަލުވުން / ފޮޓޯ: އަދާލަތު ޕާޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއި އެކު ކޯލިޝަން ހެދި ފުރަތަމަ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރިއެމް) އާއި ބައްދަލުކޮށްފިއެވެ.

އަދާލަތު ޕާޓީން ބުނިގޮތުގައި އެމްއާރުއެމްއާއި އެކު ކުރިއަށްދިޔަ ބައްދަލުވުމުގައި އެޕާޓީގެ ރައީސް ފާރިޝް މައުމޫން އާއި އެމްއާރުއެމްގެ ލީޑަރޝިޕްއިން ވަނީ ބައިވެރިވެފައެވެ.

އެމްއާރުއެމް އާއި އަދާލަތު ޕާޓީގެ ލީޑަރޝިޕް ބައިވެރިވި ބައްދަލުވުގައުގައި މިހިނގާ ރިޔހާސީ ދައުރުގައި ކުރެވުނު ތަޖުރިބާ ތަކާއި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަަމަށް އަދާލަތުން ވަނީ ބުނެފައެވެ.

 

އެމްއާރުއެމް އިން އަދާލަތާއި އެކު މަޝްވަރާކޮށްފައިވާއިރު، އިއްޔެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ރައީސް މައުމޫން އާއި ބައްދަލުކޮށްފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއާރުއެމްގެ ޒައީމް ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ފާރިސް ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް ފަހު މީޑިއާތަކުގެ ސުވާލުތަކަށް ތިން ބޭފުޅުން ވެސް ޖަވާބު ދެއްވި އެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމަކީ މަޝްވަރާތަކުގެ ފެށުންކަމަށާއި، އެހެންކަމުން އެއްވެސް ހުށަހެޅުމެއް އެއްވެސް ޕާޓީއެއްގެ ފަރާތުން ފޮނުވާފައި ނުވާނެ ކަމަށެވެ

ނޫސްވެރިންގެ ސުވާލުތަކަށް ފާރިސް ވިދާޅުވީ، މާބޮޑެތި ނިންމުންތަކެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ސިޔާސީ ގޮތުން ކުރަމުން ދަނީ ގައުމީ މަސައްކަތްތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ފާރިސް ވިދާޅުވީ ދިވެހި ގައުމަށް ހުރި އެންމެ ރަނގަޅު ގޮތް ދެނެގަތުމަށްޓަކައި އެމްއާރުއެމްއިން ދަނީ މަޝްވަރާތައް ކުރަމުން ކަމަށެވެ. ޕާޓީން ބަލާނީ ގައުމަށް އެންމެ ފައިދާ ހުރި އަދި މަސްލަހަތު އެންމެ ރަނގަޅު ގޮތް ހޯދުމަށްކަން ފާހަގަކޮށް ފާރިސް ވިދާޅުވީ އެ މަސައްކަތުގައި ސީދާ ޕާޓީން ކެނޑިޑޭޓެއް ނެރެން ޖެހުނަސް އެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: