ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުޒާހަރާއެއްގެ ތެރެއަށް ވެއްދި މައްސަލައިގައި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު ވަގުތުން މަޖިލީހަށް ހާޒިރު ކުރަން ޖެހޭނެ: އަލީ ހުސެއިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯ ކޭޑު ޕީޕީއެމް މުޒާހަރާއެއްގެ ތެރެއިން ވަދެ ތާށިވެ އަނބުރާލަންޖެހުނު މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެކަމާއި ގުޅިގެން ޑިފެން މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މަޖިލީޙުގެ ތަޅުމަށް ހާޒިރުކޮށް ލަސްނުކޮށް ސުވާލު ކުރަން ޖެހޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ މުޒާހަރާއެއްގެ ތެރެއިން ވެއްދި މައްސަލައަކީ ދެރަ މައްސަލައެއްކަމަށެވެ. އަދި މަޖިލީހުގައި އެ މައްސަލައާއިމެދު ސުވާލު ކުރެވެން ޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގެ ފްލޯ އަށް ހާޒިރު ކުރެވި އެ މައްސަލައިގައި ސުވާލު ކުރެވެންޖެހޭކަމަށެވެ. އަދި ކަން ހިނގައިގެންދާތާ ދެ ހަފްތާ ފަހުން ވަޒީރުން ހާޒިރު ކުރުމުގެ ބޭނުމާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

އާންމު ގޮތެއްގައި ހިނގާ ކަންކަން ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި މީހުން ހަނދާން ނެތިގެންދާކަމަށާއި އަދި 21 ދުވަސް ހިނގާއިރު، އެ ކަމާއި ގުޅޭ އެންމެހާ މައުލޫމާތުތައްވެސް ހަނދާނުގައި ނުހުންނާނެކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، 14 ދުވަސް ގުނަމުންދަނީ ސަރުކާރުގެ ބަންދު ދުވަސްތައް ނުލާކަމަށެވެ. އޭނާ ވިދާޅުވީ، ކަމެއް ހިނގުމާއި ގުޅިގެން ވަޒީރެއް ހާޒިރު ކުރެވޭ އިރު 21 ދުވަސް ހިނގައިގެންދާކަމަށާއި އެހެންކަމުން ރިޔާސީ ނިޒާމުގެ ތެރެއިން ގާނޫނުތަކަށް ބަދަލުތައް ގެންނަންޖެހިފައިވާކަމަށް އަލީ ހުސައިން ފާހަގަކުރެއްވިއެވެ.

ރިޔާސީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތަކާއިމެދު ބައެއް މެމްބަރުންވަނީ މަޖިލީހުގެ ތަޅުމުގައި ސުވާލު ކޮށްފައިކަން ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ، ކުރަންވީ މަސައްކަތަކީ މިހާރު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތްކުރެއްވުންކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮސިޝަންގެ ވާހަކަތައް އެނާ ތަކުރާރުކޮށް ދައްކަވަމުންދާކަމަށް އިޝާރާތްކުރައްވާ އަލީ ހުސައިން ވިދާޅުވީ، ޝަރުއީ ނިޒާމަށް އިސްލާހުތަކެއް ގެނައުމަކީ އެންމެ މުހިންމު އެއް ވައުދުކަަމަށެވެ. އެނާ ވިދާޅުވީ، އެ ގާނޫނު ވުޖޫދަށް ގެންނާނެ ވާހަކަތައް އިވެމުންދާތާ ދެ އަހަރެއް ވެފައިވާކަމަށެވެ. އެހެންނަމަވެސް އެކަމުގެ އަމަލީ ސިފައެއް ފެނިފައިނުވާކަމަށް ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ، ޕަބްލިކް ޑިފެންޑަރސް އޮފީސް ގާއިމު ކުރުމަކީވެސް ރިޔާސީ ވައުދެއްކަމަށެވެ. އެހެންނަމަވެސް ބޯޑެއްގެ މިންވަރު ޖަހައި އޮފީހެއްގެ މިންވަރު ގާއިމު ކުރެވިފައިވާ މަންޒަރުވެސް ފެނިގެން ނުދާކަމަށާއި އަދިވެސް ވަކީލުން ހޯދުމުގައި ދަތިތައް ކުރިމަތިވާކަން އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން އަލުން ހޯދައިދެއްވާނެކަމަށް ރައީސް ސާލިހު ވަނީ ވައުދުވެވަޑައިގެންފައިކަމަށެވެ. އެނާ ވިދާޅުވީ، އެ މައްސަލަ ކޮމިޓީއެއްގައި “ޕާކު” ކޮށްފައިވާކަމަށެވެ. އެހެންކަމުން އިސްލާހުކުރުމަށްފަހު ތަޅުމަށް ގެނެސް ފާސްކުރަންޖެހޭކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ދެން ރައީސް ސާލިހު އަލުން ވެވަޑައިގަންނަވަންވީ ވައުދަކީ މަރާލާފައިވާ މީހުންނަށް ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދެއްވުމުގެ ވައުދުކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް އިންސާފު ހޯދައިދެއްވާފައިނުވާކަމަށްވެސް އަލީ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، މަރު ކޮމިޝަންގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ. އަދި އެ ކޮމިޝަންގެ މުއައްޒިފުންނަށް މުސާރަވެސް ހިނގަމުންދާކަމަަށެވެ. އެހެންނަމަވެސް އާއިލާތަކަށް ލިބިގެންދިޔަ އިންސާފެއް ފެނިވަޑައިނުގަންނަވާކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: