ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ މަންދޫބުން ޖޭޕީއާއި ބައްދަލު ކުރަނީ!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެދިލެއްވުމަށް އެމަނިކުފާނުގެ މަންދޫބުން މިރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ބައްދަލުކުރާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ ޖޭޕީ އާއި މިރޭ ބައްދަލުކުރަނީ އޭނާ އާއި އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރު ހުސެއިން އަމްރާއި ދެބޭފުޅުން ކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތުން މަންދޫބުންގެ ގޮތުގައި ހިމެނޭ ހަސަން ލަތީފް ވަނީ މީގެ ކުރިންވެސް ޖޭޕީ އާއި ބައްދަލުކޮށްފައެވެ.

ޖޭޕީގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަރިސް މެމްބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ސަރުކާރު ކޯލިޝަންގައިވެސް ހިމެނޭ ޖޭޕީ އާއި އިތުރު ޕާޓީތަކަށް އަންނަ ދައުރަށް ރައީސް ސާލިހް އާއި އެކު ކޯލިޝަން ހެދުމުގެ ދައުވަތު އެރުވި ނަމަވެސް ޖޭޕީގެ ފަރާތުން އެކަމަށް އިޖާބަދީފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދަނީ ބައްދަލުކުރަމުންނެވެ. އޭގެތެރޭގައި އެމްއާރުއެމްގެ ރައީސް ފާރިޝް މައުމޫން އާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހިމެނެއެވެ.

ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމިކަން އިއުލާން ކުރުމާއެކު، ސަރުކާރުގެ މަގާމްތަކުގައި ހިމެނޭ އެޕަޓީގެ މެމްބަރުން އިސްތިއުފާ ދިނުމަށް ސަރުކާރަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް ވަނީ އެވާހަކަތަކަށް ރައްދުދީ ޖޭޕީގެ މެމްބަރުން މަގާމްތަކުން އިސްތިއުފާ ދޭން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޖޭޕީގެ މެމްބަރުން ސަރުކާރުން ވަކިކޮށްފިނަމަ ސަރުކާރު ދެމިނޯންނާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސަށް ފަހު ގާސިމް ވަނީ ރައީސް ސާލިހް އާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ވެސް ވަޑައިގެންފައެވެ. އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް ގާސިމް ވަނީ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާ ރައްޔިތުން ބަލަންނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: