ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ތާއިދު ގާސިމަށް، ޖޭޕީއާ ގުޅިގެން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތްތައް ފަށައިފި

ފިކުރެއްގެ ދިރުން އަދި ޖޭޕީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން” އިން ޖުމްހޫރީ ޕާޓީއަށް ތާއީދުކޮށް ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތްތައް ފައްޓައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ހަވާލުކުރެވިފައިވާނަމަވެސް، ރައީސް ނަޝީދުވަނީ އެމަނިކުފާނާއިއެކު ކުރިއަށް ވަޑައިގަތުމަށް އިންކާރުކޮށްފައެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ދަނީ ޖުމްހޫރީ ޕާޓީއާއިއެކު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފިކުރެއްގެ ދިރުން އަދި ޖޭޕީގެ އިސް ލީޑަރުންވަނީ ބައްދަލުމެއް ކުރިއަށް ގެންގޮސްފައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޖިލީހުގެ ކެނދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އަދި ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިބްރާހިމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތް އިރު، ފިކުރެއްގެ ދިރުން ގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ.

ބައްދަލުވުމަށްފަހު، ދެ ފަރާތުންވެސް ވަނީ ބައްދަލުވުމުގެ މަގުސަދާއިމެދު މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. ހަސަން ލަތީފް ވިދާޅުވީ، އޭނާ އަދި އަމްރު ޖޭޕީ އާއި އެކު ބައްދަލުވުމެއް ކުރިއަށް ގެންދެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ މަތިންކަމަށެވެ. އެހެންކަމުން އެ ބައްދަލުވުމަށް ވަޑައިގަތީ އެމްޑީޕީގެ ފަރާތުންކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބައްދަލުވުމުގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލެވުނީ ސިޔާސަތުތަކުގެ މައްޗަށްކަމަށެވެ. އަދި ފިކުރެއްގެ ދިރުން އާއި ޖޭޕީއަށް އެކުގައި މަސައްކަތްކުރެވޭނެ ސިޔާސަތުތަކެއް ކަނޑައެޅުމާއި އެ ސިޔާސަތުތައް ތަފްސީލުކޮށް މެނިފެސްޓޯއެއްގެ ގޮތުގައި އެކުލަވާލެވޭނެ ގޮތާއިމެދުވެސް މަޝްވަރާކުރެއްވިކަމަށް ހަސަން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދެ ފަރާތުގެ އިތުރު ބައްދަލުވުންތައްވެސް ކުރިއަށް ދާނެކަމަށެވެ.

ހަސަން ވިދާޅުވީ، ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދަނީ ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތެއް ދެނެގަނެ އެ މަގުން ކަންކަން ކުރެއްވުމަށްކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަމުންދާ ހުރިހާ މަސައްކަތަކާއި ނިންމަވާ އެންމެހާ ނިންމެވުންތައްވެސް ނިންމަވަނީ އެމްޑީޕީއަށްޓަކައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަސަންގެ އިތުރުން ޖޭޕީގެ ފަރާތުން އަމީންވެސް ވަނީ ވާހަކަދައްކަވާފައެވެ. ރައީސް ސާލިހުގެ ކޯލިޝަން ދައުވަތު ސިޓީއަށް ޖޭޕީގެ ފަރާތުން ޖަވާބު ދިނުމާއި މެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އާ އިންވެސްޓުމެންޓެއް ކުރުމުގެ ކުރިން ޖަވާބު ހޯދަންޖެހޭ ބައެއް ސުވާލުތައް ހުރިކަަމަށެވެ. އެގޮތުން ލިބުނީ ފައިދާތޯ ނުވަތަ ގެއްލުންތޯވެސް ބެލުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފިޔަވަޅެއް ނެގުމުގެ ކުރިން ބައެއް ޖަވާބުތައް ހޯދަންޖެހޭކަމަށެވެ. އަދި އެ ޕާޓީއަށް އަދި ހިސާބު ޖަހައި ނުލެވޭކަމަށާއި އެ ކަން ކުރެވުނު ހާ  އަވަހަކަށް ޕާޓީގެ ފަރާތުން ރައީސް ސާލިހުގެ ދައުވަތު ސިޓީއަށް ޖަވާބެއް ދޭނެކަަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަޝީދުގެ ޓީމުން ގާސިމްގެ ޓީމާ ގުޅި މެނިފެސްޓޯއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެފައި ވަނީ  މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރައީސް ރައީސް ނަޝީދުގެ ތާއިދު ނުލިބުނު ނަމަވެސް ރައީސް ސާލިޙަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ރައީސް ނަޝީދާއި އެކުގައި ކަމަށާއި އަދި ރައީސް ނަޝީދުގެ ތާއިދު ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުން ވަނީ ރައީސް ނަޝީދުގެ އިތުރުން  އެމަނިކުފާނާއެކު ތިއްބެވި އެހެން ހުރިހައި މެމްބަރުންނާ ވެސް އެކުގައި ކަމަށާއި އެހެން ކަމުން އެންމެން އެކުގައި މަސައްކަތް ކޮށްގެން އިންތިހާބު ކާމިޔާބު ކުރުމަށް ފާއްޔާޒް ގޮވާލެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ނުކުރައްވާނެކަން އިއުލާނުކޮށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކުރުމުން ރައީސް ސޯލިހަށް ލިބުނު ގިނަ ވޯޓު އުނިވާނެ ކަމަށެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ބަލައި، ކުޑަ ފަރަގަކުން ރައީސް ސޯލިހު މޮޅުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ހުށަހެޅުއްވީ، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުން އަލުން ޕާޓީ އާއި ގުޅުމަށް ފަހު ދެން ކެނޑިޑޭޓާއި މެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ އޭގެ ފަހުންކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: