ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމާއަތަށް ނަމާދަށް އަރާފައިބަންދެން ވެހިކަލް ޕާކްކޮށްލާފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއްނޫން: މުއިއްޒު

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލްތަކުގައު އުޅޭ މީހުން މިސްކިތަށް ނަމާދަށް ޖަމާއަތަށް އަރާފައިބަންދެން ޕާކްކޮށްފައި ބޭއްވުމަކީ ސްޓިކަރ ޖަހަންޖެހޭ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމާދުގެ ޖަމާއަށް ކުރިއަށްދާ ގަޑީގައި، ހާއްސަކޮށް ރޯދަމަހު ޓެކްސީ އާއި ސައިލަކާއި އެހެނިހެން ވެހިކަލްތަކުގައި އުޅޭ ފަރާތްތަކުން ޖަމާއަތަށް އަރާފައިބަންދެން ސްޓިކަރ ޖަހާ ޖޫރިމަނާ ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ނޫނެވެ.

މުއިއްޒު އެފަދައިން ވިދާޅުވެފައިވާއިރު ފުލުހުން ސްޓިކާ ޖަހަނީ މަގުމަތީގެ އަމަން އަމާން ކަން ބެލެހެއްޓުމަށް ކަމަށް ވަނީ ބުނެފައެވެ.

މާލޭގެ މިސްކިތްތަކަށް ނަމާދުކުރަންދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތަށް ވަދެ ނުކުމެ އުޅެވޭނެ މާހައުލެއް ގާއިމް ކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތް ތަކެއް ފުލުހުން ކުރަމުން ގެންދެއެވެ.

މީގެ އިތުރުން ފުލުހުންގެ ނޫސްބަޔާނެއްގައި ބުނީ މާލެއަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް، މި ރޯދަ މަހު ހާއްސަ ސަމާލުކަމެއް ދީގެން މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެ އިދާރާއަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމަށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން ރޯދަމަހު މާލޭގެ ބައެއް މަގުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ވަނުން ވަނީ މަނާ ކޮށްފައެވެ.

ހަތަރު ފުރޮޅުލީ އުޅަނދު ވަނުން މަނާ ކުރި މަގުތަކުގެ ތެރޭގައި ހިމެނޭ މަގުތަކުގެ ތެރޭގައި ހިމެނެނީ ޖަމާލުއްދީން ސްކޫލުން ފެށިގެން މަޖީދީމަގުގެ ރަށްދެބައި މަގުގެ ސަރަހައްދާއި، ރަށްދެބައި މަގަށް ނިކުމެވޭ ގޯޅިތަކާއި ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަހައްދާއި އަމީރު އަހްމަދު މަގާއި ދެމެދުގައި ހުރި ގޯޅިތައް ހިމެނެއެވެ.

ފުލުހުން ޓްރެފިކް މެނޭޖް ކުރުމަށް ބްރިޖް އާއި ހައިވޭގައި ބާރަށް ދުއްވާ އުޅަނދުތައް ހުއްޓުވުމާއި ބްރިޖްގެ ޓްރެފިކް 24 ގަޑިއިރު ބެލެހެއްޓުމަށް  ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: