ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައުލޫމާތު ދިނުމަށް ސަހަރާތަކުގައި ސްކްރީން ހަރުކޮށްފި

މާލެ ސިޓީ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ރިވެތި އިރުޝާދު ދޭ ބޯޑު ހަރުކުރުމުގެ މަސައްކަތުގެ ދަށުން އާސަހަރާގައި ހަރުކުރެވިފައިވާ ބޯޑު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކަށުނަމާދާއި ގުޅޭ މަޢުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުޢާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް އާސަހަރާގައި ސްކްރީން ހަރުކޮށްފިއެވެ.

މި މަސައްކަތްކޮށްފައިވަނީ މާލެސިޓީ ކައުންސިލާ ނަސޭހަތް ޖަމިއްޔާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން މައުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަހަރާއާއި ސަހަރާ މިސްކިތާ އަދި މުޅި ސަހަރާ ކޮމްޕައުންޑް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއްކުރުމަށް ރާވާފައިވާކަމަށެވެ. އަދި އެގޮތުގެ މަތިން ބައެއް ކަންކަން މި ރޯދަ މަހަށް ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވަނީ އެކި ފަރާތްތަކުން މިކަމުގައި ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ރަމަޟާން މަހަށް ހާއްސަކޮށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މަގުމަތީގަ ދަމާފަ ހުރި ލައިންތަކުގެ ދަވާދު އާކުރުން ހިމެނެއެވެ. އަދި ސައިކަލް ޕާރކިން ކުރެހުމުގެ މަސައްކަތްވެސް މާލެ ސީޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުންކޮށްފައިވެއެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 90%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: