ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވ. ރަކީދޫއާއި ތިނަދޫ އަދި އދ. ދިއްދޫ ދާއިރާގެ ބައި އިލެކްޝަން މެއި މަހުގެ 6 ގައި!

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސް ފުއާދު ތައުފީގު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވ ރަކީދޫ ކައުންސިލްގެ އަންހެން މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އާއި ވ ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އަދި އދ ދިއްދޫ ކައުންސިލް މެމްބަރު ކަމުގެ އިންތިހާބު، މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވ ރަކީދޫ ކައުންސިލްގެ އަންހެން މެމްބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އާއި ވ ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަދި އދ ދިއްދޫ ކައުންސިލަށް މެމްބަރަކު ހޮވަން ބާއްވާ އިންތިހާބު މިއަހަރުގެ މެއި މަހުގެ 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

06 މެއި ގައި ބާއްވާ އިންތިހާބު ތަކުގެ ވޯޓްލުން ކުރިއަށްދާނީ އެ ދާއިރާތަކުގެ ރަށްތަކުގައި ހެނދުނު 8 އިން ހަވީރު 4 އަށެވެ.  އަދި ވޯޓް ގުނާ ނަތީޖާ އިއުލާން ކުރާނީ ވޯޓްލުން ނިމި 30 މިނެޓް ފަހުންނެވެ.

ވ ރަކީދޫ އާއި ތިނަދޫ އަދި އދ ދިއްދޫ ދައީރާގެ ބައި އިލެކްޝަން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 08  ވަނަ ދުވަހު ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ވ ރަކީދޫ ކައުންސިލަށް އަށް އަންހެން މެމްބަރުން އެއްފަހަރާ އިންތިހާބު ކުރަންޖެހެއެވެ. ތިނަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމީޓީ އަށް 5 މެމްބަރުން އިންތިހާޞު ކުރަން ޖެހޭއިރު ދިއްދޫ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ އެންމެ މެމްބަރެކެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ދިއްދޫ ކައުންސިލް މެމްބަރު ހޮވުމަށް ބާއްވާ އިންތިހާބާއި ރަކީދޫ ކައުންސިލްގެ އަންހެން މެމްބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނާއި ވ ތިނަދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީ މި މާޗްމަހުގެ 22 ވާ  ބުދަ ދުވަހު އާއްމު ކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: