ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ދަރަނީގެ އައު ރިކޯޑެއް ހަދައިފި: ޑރ ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މި ސަރުކާރުގައި ދަރަނީގެ އައު ރިކޯޑެއް ހައްދަވައިފިކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އަބަދުވެސް ސަރުކާރަށް ފާޑު ވިދާޅުވަމުންދާ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ސާލިހަކީ ތަފާތު ސަގާފަތެއްގެ ވެރިއެއްކަމަށެވެ. މީގެ ކުރީގައި ދަރަނި ނެގުމަކީ އެމަނިކުފާނުގެ ނަޒަރުގައި ގޮސްކަމެއްކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވެރިކަން ނިންމަވާލަނީ 100 ބިލިއަނަށްވުރެ މައްޗަށް ދަރަނި އިތުރުކުރުމަށްފަހުކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިއީ އާ ރިކޯޑެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

“ބުހުތާނު ދޮގު” ހެދުމުގައި ރައީސް ސާލިހު ވަރު ނެތްކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ. ކަން މިހެން އޮތްއިރު، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގަންނާވާނެކަމަށް ދެކިލައްވާތީ ހައިރާންވާކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން އެކި ފުރުސަތުތަކުގައިވެސް ޖަމީލް ވަނީ ރައީސް ސާލިހު ދެވަނަ ދައުރެއް ހޮއްދެވުމުގެ މަސައްކަތްކުރެއްވުމަކީ ހުތުރުކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ފުއްދައިދިނުމަށް ބުނެފައިވާ ގިނަ ވައުދުތަކެއް ފުއްދިފައިނުވާކަމަށް ފާހަގަކުރައްވާ ޖަމީލު ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ސާލިހުގެ ފަސް އަހަރުގެ ދައުރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވެގެންދިޔަ ވެރިކަމެއްކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ މިވަގުތު ހަރަކާތްތެރިވަމުންދާ އެންމެހާ ސިޔާސީ ބޭފުޅުންނާއި އަޅާ ކިޔާއިރުވެސް ފެންވަރުދަށް ބޭފުޅެއްކަމަށެވެ.

ސިޔާސީ ގޮތުން މަސައްކަތްތަކެއްކުރެއްވި ނަމަވެސް އެއްވެސް ބައެއްގެ ޝައުގުވެރިކަން ރައީސް ސާލިހަށް ލިބިވަޑައިނުގަންނަވާކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: