ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ތައުރީފާއި ޝުކުރު އަމްރަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރުކަމުން ހުސައިން އަމްރު ވަކިކުރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް ޝުކުރާއި މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ މިދިޔަ 4 އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ އެސްޓީއޯ އާއި އަޅާ ކިޔާލުމުން އެކަން ސާފުވާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުންފުނީގެ ފައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ އަމްރު ހިފެހެއްޓި ކަމަށެވެ. ކޮވިޑްގެ ހާލަތުގައިވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓިކަން ރައީސް ނަޝީދު ވަނީ ފާޙަގަކޮށްފައެވެ.

އަމްރަކީ ރައީސް ނަޝީދަށް ތާއީދުކޮށްގެން ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދުވަސްވަރު އަމްރު ވަނީ ރައީސް ނަޝީދުގެ ކެމްޕޭންގައި ފާޅުކަން ބޮޑު ގޮތެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން އެދުވަސްވަރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ރައީސް ސާލިހް އާއި ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ބުނެ އަމްރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދުވަސްވަރު ކުރިމަތިވި ފާޑުކިޔުންތަކުގެ ރައްދުގައި އަމްރު ވިދާޅުވީ އެސްޓީއޯ ގެ ފަރާތުން ރައްޔިތުންނަށް ހިދުމަތް ކުުރުމުގައި ދެމިހުންނާނެ ކަމަށެވެ.

ދާދި ފަހުން އެމްޑީޕީން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް އާއި އެކު ރައީސް ނަޝީދުގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި ވެސް އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ ބައިވެރިވެފައެވެ. އެބައްދަލުވުމަށް ފަހު ހަސަން ލަތީފް ވިދާޅުވެފައިވަނީ މަޝްވަރާތައް އެކުގައި ކުރިއަށްދާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: