ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާއާއި ނުލައި ދިވެހިންނަށް އޮމާންއަށް ދަތުރުކުރެވޭނެ ގޮތް ހަދައިފި

ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިސާ އާއި ނުލާ ދިވެހިންނަށް އޮމާން އަށް މިހާރު ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިންނަށް ކުރިން ވިސާ ޖެހުމާއި ނުލާ އޮމާންއަށް ގޮސް 14 ދުވަހު ހޭދަކުރެވޭނެ ކަމަށެވެ. އެހެން ނަމަވެސް ވިސާ އާއި ނުލައި އެގައުމަށް ދަތުރުކުރުމަށްޓަކައި ވަކިކަންކަން ފުރިހަމަ ވާންޖެހޭނެއެވެ.

ދަތުރުކުރާ މީހާގެ ޕާސްޕޯޓްގެ މުއްދަތު ހަމަވާ ތާރީހާއި ދަތުރުކުެާ ތާރީހާ ދެމެދު ހަމަސް ދުވަހުގެ މުއްދަތެއް އޮންނަން ޖެހެއެވެ. އަދި އޮމާނުގައި ހުންނާނެ ހޮޓަލެއް ކުރިން ބުކިންގ ހަދާފައި ވުމާއިއެކު ހެލްތު އިންޝިއުރަންސް އޮތުމަކީ ޝަރުތެއްކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ވިސާ ނުނަގައި ދަތުރުކުރުމުގެ ޝަތުރުގެ ތެރޭގައި ދެކޮޅު ޓިކެޓް ވެސް ނަގާފައި އޮންނަން ޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުން ބުނި ގޮތުގައި އޮމާނުން ރާއްޖެއަށް ވިސާ އެގްޒެމްޝަނެއް ދިނުމަކީ އެގައުމާއި ރާއްޖެއާ ދެމެދު ގާތް ގުޅުމެއް އޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި އެއީ އޮމާނުން ރާއްޖެއަށް އިސްކަންދޭ ކަމުގެ ހެއްކެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: