ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު ނަޝީދު މަރުހަބާ ދަންނަވައިފި!

އެމްޑީޕީގެ ރައީސް މަުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

މަޖިލީހުގެ މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް  ފޮނުއްވި މެސެޖްގައި ނަޝީދު ވަނީ ގާސިމް އަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ފަރާތުން ކެންޑިޑޭޓުން ކުރިމަތިލުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ފުރުސަތު މިއަދު 12 ޖެހިއިރު ވަނީ ހަމަވެފައެވެ. ރިޔާސީ ޓިކެޓަށް ޖޭޕީގެ ފަރާތުން ވާދަކުރުމަށް ހަމައެކަނި ކުރިމަތިލާފައިވަނީ ޕާޓީގެ ލީޑަރު ގާސިމް އެވެ. އެހެންވެ ޕްރައިމަރީ އަކާ ނުލާ ޕާޓީގެ ރިޔާސީ ޓިކެޓް ވަނީ ގާސިމް އަށް ލިބިފައެވެ.

މީގެ ކުރިންވެސް ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕާޓީގެ ފަރާތުން ޖޭޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދޭ ކަން ބަޔާންކޮށް ގަރާރެއް ވަނީ ފާސްކޮށްފައެވެ. އަދި ޕާޓީގެ ލީޑަރަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާ ކުރުމުގެ ބާރު ކައުންސިލުން ވަނީ ލިބިދީފައެވެ. އެހެންވެ ގާސިމް ގެންދަވަނީ އެކި ސިޔާސީ ލީޑަރުންނާ އެކުގައި ސިޔާސީ މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ މަންދޫބުންނާއި ޖޭޕީގެ އިސްވެރިން ވަނީ އެކި ފަހަރު މަތިން ބައްދަލުކޮށްފައެވެ.

ރައީސް ނަޝީދު މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެކު ގާސިމް ދެން އިތުރަށް ކޯލިޝަން ނަހަދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސާލިހް ދެވަނަ ދައުރެއް ހޯދުމަށް ކެމްޕޭން ކޮށް މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާއިރު ރައީސް ނަޝީދު މަސައްކަތް ކުރަމުންގެންދަނީ ރައީސް ސާލިހް އާއި ދެކޮޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: