ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުރު އެކުގައި ކުރިއަށް ގެންދެވެން ނެތުން ހިތާމަވެރި: ފައްޔާޒު

މިނިސްޓަރ ފައްޔާޒު އިސްމާއިލް.. ފޮޓޯ:ދި އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކާމިޔާބުކުރުމަށް ކުރަމުންދިޔަ މަސައްކަތްތައް އެކުގައި ކުރިއަށް ގެންދެވެން ނެތުމަކީ ހިތާމައެއްކަމަށް އިގްތިސާދީ ވަޒީރު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ގުޅުވައި އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތައް އުފެދިފައިވާއިރު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވަނީ އެމަނިކުފާނާއި ތާއީދުކުރައްވާ ފަރާތްތައް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ކާމިޔާބީ ހާސިލުކޮށްދެއްވުމަށް މަސައްކަތްކުރައްވަމުންދާކަން ހާމަކުރައްވާފައެވެ.

ފައްޔާޒު ސޯޝަލް މީޑިއާ މެދުވެރިކޮށް ޝެއަރކުރެއްވި ޕޯސްޓެއްގައި އޭނާވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ކުޅިބައި މިހާރު އެތުރި ނިމެމުންދާކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުވެސް މިވަގުތު އޮތީ ތައްޔާރަށްކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެނާ ފޯރިގަދަ ދުވަސްތަކަކަށް އިންތިޒާރުކުރައްވާކަމަށެވެ. އެހެންނަމަވެސް ކުރަމުންދިޔަ ދަތުރު އެކުގައި ކުރިއަށް ގެންދެވެން ނެތުމަކީ ހިތާމައެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ. އޭނާ ދައްކަވަނީ ކޮން ފަރާތެއްގެ ވާހަކަ ކަން ސާފުކޮށްދެއްވާފައިނުވެވެ.

ފައްޔާޒު ވިދާޅުވީ،  2023 ގެ ރިޔާސީ އިންތިހާބަކީ އިރާދަކުރެއްވިއްޔާ އެމްޑީޕީގެ އެއްޗެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: