ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫކޭ، ނަޝީދަށް؛ ބޮޑުވަޒީރަކަށް ވެގެން އުޅުނު ޒަމާން ގޮސްފި، މިއީ އައު ލީޑާޝިޕެއް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކު/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމުގެ ބޮޑުވަޒީރުހެން، އެ މަގާމަށް ދަހިވެތިވެ އުޅުނު ޒަމާން ނިމިގެން ގޮސްފައިވާކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

މޮރިޝަސް – ރާއްޖެ ދެމެދު އޮތް ކަނޑުގެ ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރުމުގައި ސަރުކާރުން އަމަލު ކުރީ ގެއްލުން ލިބޭގޮތަށްކަމަށް ބުނެ ގިނަ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. ހާއްސަކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، އެހެން ބައެއް ސިޔާސީ ޕާޓީތައް އަދި ރައީސް ނަޝީދު ހިމެނޭހެން އިއްތިހާދެއް އުފައްދައި ސަރުކާރާއި ދެކޮޅަށް މަސައްކަތްތައް ދަނީ ކުރިޔަށެވެ.

ތަކުރާރުކޮށް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދެއްކުމާއި، މަޖިލީހަށް ވެއްދުމަށް ތައްޔާރުވެފައިވާ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ސޮއި ކުރެއްވުމުން އޭނާ ޕާޓީން ވަނީ ވަކިކޮށްފަ އެވެ. އެ މައްސަލަ ހޫނުވެ، ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ފުށު އަރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށް އެޑްހޮކް އާބިޓްރޭޝަން އުސޫލުން ކުރިޔަށް ގެންދިއުމަށް މޮރިޝަސްއިން 18 ޖޫން 2019 ގައި ހުށަހެޅި ކަމަށެވެ.

އެކަމަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ނިންމެވުމުގެ މަތިން އެ މައްސަލަ އިޓްލޮސްއަށް ހުށަހެޅުމުން ރާއްޖޭގެ ބައެއް ގެއްލިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ނިންމުމުގައި ރައީސް ސޯލިހާއި ސަރުކާރުން މަޖިލީހުގެ ބައެއް ހޯދާފައި ނުވާކަމަށާއި އެއީ އިހުމާލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން ޕާޓީން ވަކި ކުރަންވީ، ރައީސް ސޯލިހުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ޓުވީޓަށް ރައްދު ދެއްވައި މޫސާ އަލި މަނިކު ވިދާޅުވީ މިހާރު އޮތީ ޒަމާން ބަދަލުވެ، މިނިވަންވެފައިވާ އެމްޑީޕީއެއް ކަމަށެވެ. އަދި އިމެއް ނެތި ބޮޑުވަޒީރަކަށް ވެގެން ރައީސް ނަޝީދު ކުރަމުން އައި މަސައްކަތްތަކަށް ނިމުމެ އައިސް އައު ލީޑާޝީޕެއް ވުޖޫދުވެފައިވާކަމަށް ވެސް އޭނާގެ ރައްދުގައި ވިދާޅުވެފައި ވެއެވެ.

 

މޫކޭ ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ އަސާސީ ގަވައިދަށް ބެލުމެއް ނެތި މެމްބަރުން ވަކިކޮށް ފިޔަވަޅު އަޅަމުން އައީ ރައީސް ނަޝީދު ބޭނުންވި ގޮތަށް ކަމަށެވެ. އެކަމަކު އެ ޒަމާން ނިމިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ދެ ދުވަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއަޕް ގުރޫޕާއި، މަޖިލީސް މެމްބަރުންނާއި އިދާރީ މެމްބަރުންގެ ގުރޫޕުގައި ދެ ފެކްޝަނުގެ ބަހުސްތަކެއްކޮށް އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބޮޑެތި ތުހުމަތުތައް ކުރި އެވެ. އޭގެ ތެރޭގައި ބައެއް މެމްބަރުން އާޒިމް ވަކި ކުރި މައްސަލައިގައި ނުރުހުންފާޅުކުރި އިރު، ސަރުކާރު މެމްބަރުން ރައީސް ނަޝީދުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކުރި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ، މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަށް ހިންގަން އޮތްތަނެއް ނޫންކަމަށާއި އެއްވެސް އެންގުމަކަށް އަމަލު ނުކުރާނެކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: