ވެރިކަން ކުރާ މަައި ޕާޓީ އެމްޑީޕީ ރައީސް މުހައްމަދު ނަޝީދުގެ އުނދަގުލުން ސަލާމަތްވެފައިވާކަމަށް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގެ) މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު ވިދާޅުވެއްޖެ އެވެ.
2023 ގެ ރިޔާސީ އިންތިހާބާއި އެކު އެމްޑީޕީގެ އެތެރޭގެ ހާލަތު ގޯސްވެފައި ވަނީ އުފެދިފައިވާ ސަރުކާރު ދެކޮޅު ފެކްޝަނާއި އެކު އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ނަމަވެސް ރައީސް ނަޝީދު އެކަމަށް ދެކޮޅެވެ. އަދި ގެންދަވަނީ ޖުމްހޫރީ ޕާޓީ އާއި އެކު މަސައްކަތް ކުރައްވަމުންނެވެ.
މި މައްސަލަތަކުގެ ތެރެއިން، ސަރުކާރު މެމްބަރުން ވެސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ. އޭގެ ތެރެއިން ފާހަގަ ކުރެވޭ އެއް މެމްބަރަކީ މޫސާ އަލި މަނިކެވެ.
Ameenee magu nunimunas Anni kanthah nimijje. Ekanves nimeyne mi dhauru.
— Moosa Ali Manik 🇲🇻 (@VMookey) March 31, 2023
މޫކޭގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ އާރުޑީސީ އާއި ހަވާލު ކުރި އަމީނީ މަގަކީ ހަތް މަސް ދުވަހުން ނިންމަން އޮތް މަޝްރޫއެއް ނަމަވެސް އެ މަސައްކަތް ހުއްޓި ތާރުގެ ސެގްމެންޓު ފުރިހަމަ ކުރީ އެމްޓީސީސީ އެވެ. އަދި އަނެއްކާ ވެސް މަގު ކޮނުމުގެ މަސައްކަތް އާރުޑީސީން ވަނީ ފަށާފަ އެވެ.
މަސައްކަތާއި ގުޅުވައި، މޫކޭ އެންމެ ފާޑުކިއުން އަމާޒު ކުރީ މާލޭގެ މޭޔަރު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށެވެ. އެކަން ފާހަގަކޮށް އާމުންގެ މީހަކު ކުރި ޓުވީޓެއްގެ ރައްދުގައި މުކޭ ވިދާޅުވީ އަމީނީ މަގު ނުނިމުނު ނަމަވެސް ރައީސް ނަޝީދު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އެއާއި އެކު މި ދައުރުގައި އަމީނީ މަގު ވެސް ނިމޭނެކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމަންޓު ގުރޫޕާއި، ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންނާއި އެކު ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ރައީސް ސޯލިހަށެވެ. އަދި މަޖިލީހުގެ ތެރޭގައި އެ މައްސަލަތައް ގޯސްވެ، ރައީސާއި އަރިސް މެމްބަރުން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.


2 Responses
އަމީނީމަގު ވެސް ނުނިމުނު އިބުރާހިމްގެ ކަންތަށް ވެސް ނުނިމުނު އަތައްގޮވީ ދެންވެސް ގޮވާނީ އަދި މިހާރަށްވުރެ ބޮޑުކޮށް
ތި މޫކޭ އެއްގެ ކަންތަށްވެސް އިސާހިތަކު ނިމިދާނެ.. ސައިޒުން ބޮޑު ބޫޓަކަށް އެރިގެން އުޅޭ މީހެއް..