ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލުން ދަނީ ދަންވަރަށް ވައްކަން ކުރަމުން: ރޮޒައިނާ

އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ދަނީ ދަންވަރަށް ވައްކަން ކުރަމުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ތުހުމަތުކުރައްވައިފިއެވެ.

މާލެ ސީޓީ ކައުންސިލްގެ މުވައްޒފުން ލާ ޓީޝާޓު ލައިގެން ތިބި ބަޔަކު ޕިކަޕަކަށް އެއްޗިސް އަރުވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުރައްވާ، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ މާލެ ސިޓީ ކައުންސިލްގެ މައްޗަށް ތުހުމަތުތަކެއްކޮށްފައެވެ.

އެގޮތުން ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅު ހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންދަނީކަމަށް ވިދާޅުވެ މަހުލޫފް ވަނީ މިކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލްއަށް ގޮވާލާފައެވެ. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެކަމަށް ވިދާޅުވެފައިވެއެވެ.

މިއާއި ގުޅިގެން ޓުވީޓެއްކުރައްވާ ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގޭގެއަށް ވަދެ ބާލީސް ދަށަށް ބަޑިލީ ގޮތަށް މިއަދު ޑރ މުއިއްޒުގެ މޭޔަރކަމުގައި ގޭގެއިން ވައްކަންވެސް ކޮށްފާނެކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ދަންވަރު ވައްކަންކުރާކަމަށާއި، މިފަދަ ކައުންސިލެއް ނެތް ނަމަވެސް ރަނގަޅުކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

މިއާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ މާލެ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެެއްވެސް ކަމެެއް ނުކުރާނެކަމަށެވެ. ބިމުގެ ރަޖިސްޓްރީގެ ފޮޓޯއެއް ހިއްސާކޮށް، އެއީ ޔޫތް މިނިސްޓްރީގެ ބިމެއް ނޫންކަމަށް ކައުންސިލުން ބުނެފައިވާއިރު، އެ ފޮޓޯގައި ވާގޮތުން އެއީ ޔޫތް މިނިސްޓްރީގެ ބިމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: