ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މެމްބަރުންނަށް ފިޔަވަޅު އަޅައި، މަޖިލިސް ކޮމިޓީތަކުން ވަކިކޮށްދޭން އެދި ޕީޖީއަށް!

ފިކުރެއްގެ ދިރުންގެ ބައެއް މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ، ވަކި ސިޔާސީ ހަރަކާތެއް ހިންގައި ޕާޓީގެ ނިންމުންތަކާއި ސީދާ ދެކޮޅަށް މަސައްކަތް ކުރަމުން ގެންދާކަމަށް ބުނެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުންގެ ޕާލިމަންޓް މެމްބަރުންނަށް ފިޔަވަޅު އަޅައިދޭން އެދިއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރުމަކީ އެއީ އެމްޑީޕީއަށް ލިބޭނެ ގެއްލުމެއްކަމަށާއި އަދި ޕާޓީން ކުރިމަތިލާން ޖެހޭނީ ނާކާމިޔާބީއާއިކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ އެމަނިކުފާނާއި ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އެމްޑީޕީން ވީ ވައުދުތަކާއި ދެކޮޅުވެ، ވައްކަމާއި ހިޔާނާތަށް ވަރިހަމަވެފައިވާ ސަރުކާރަކަށް ރައްޔިތުން ދެވަނަ ދައުރެއް ދޭން ބޭނުން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.

ރައީސް ނަޝީދު ދައްކަވާ ވާހަކަތަށް ތަކުރާރު ކުރައްވައި އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް ސޯލިހަށް ތާއީދު ކުރުމަށް ދެކޮޅު ހަދައި މަސައްކަތް ކުރަމުން ދަނީ ވަކީންނެވެ.

ޖުމްހޫރީ ޕާޓީއާއި އެކު ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުންގެ ވަކިވަކި ބައްދަލުވުންތަކެއް ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ޖޮއިންޓް ޕާލިމަންޓެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރި އެވެ.

މައްސަލަ ގޯސްވެ ގިނަ މެމްބަރުން ދަނީ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އަދި މިވަގުތަށް އެ ފިޔަވަޅު އެޅުން ކޮންމެހެން ވެސް މުހިންމުކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

ރަސްމީކޮށް މި މައްސަލަ ފުރަތަމަ ފަހަރަށް ހުށަހަޅުއްވާފައި ވަނީ، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣްނީ އެވެ.

ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމަށް އެޑްރެސް ކުރައްވައި މުޣުނީ ފޮނުވި ސިޓީގައި ވަނީ ރައީސް ސޯލިހާއި ދެކޮޅަށް ޕާޓީގެ ތެރެއިން އެކި ގަރާރުތައް ހުށަހަޅައި ކޮމިޓީތަކުގައި ވެސް ހަމަ އެ ރޫހުގައި މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ.

އެހެންވެ މުޣުނީ އެދިފައި ވަނީ ފިކުރެއްގެ ދިރުންގެ ނަމުގައި ވަކި ގުރޫޕެއް ހަދައި ކޮމިޓީތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުން ޕާޓީގެ ސްލޮޓުތަކުން މަޖިލީހުގެ ގަވައިދުގެ 130 ވަނަ މާއްދާގެ (ރ) ގެ ދަށުން ވަކިކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.

ސިޓީގައި ވަނީ ފިކުރެއްގެ ދިރުންގެ ބައެއް ބޭފުޅުން ކޮމިޓީތަކުގެ މުގައްރިރުގެ މަގާމުގައި ވެސް އެބަތިއްބެވި ކަމަށެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ މެމްބަރުން ވަނީ ރައީސް ސޯލިހާއި ބައްދަލުކޮށް، ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކި ކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފަ އެވެ. އެކަމަކު އޭރު ރައީސް ސޯލިހު އެންގެވީ މަސައްކަތް މަޑުޖައްސާލުމަށެވެ.

ރައީސް ނަޝީދުގެ އަރިސް މެމްބަރުން މަޖިލީހުގެ ކޮމިޓީތަކުން ވަކިކޮށްދޭން އެދި ހުށަހެޅި އިރު، އެމަނިކުފާނުގެ ފެކްޝަނު މެމްބަރުން ސަރުކާރުގެ އެކި މަގާމުތަކުން ވަކި ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: