ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓް އިގްތިސާދު ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފި

ސްޓެލްކޯ އިމާރާތް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ  މިދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރެއް ކަމަށް ވުމުން ކަރަންޓު ބޭނުންކުރާ ވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ރޯދަމަހާއި ދިމާކޮށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ މިހިނގާ އޭޕްރިލް މަހާއި ކުރިއަށް އޮތް މެއި މަހަކީ ހޫނުގަދަ ދެމަސް ކަމުން ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތު ތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްތައް ހިމެނޭ މަހެއް ކަމަށް ކަމާއިބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އެހެންކަމުން ކަރަންޓް ބޭނުންކުރުމުގައި އިތުރަށް ސަމާލުވެ ކަރަންޓް އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: