ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ވެރިކަމެއް ގާއިމު ކުރުމަށް ގޮވާލާ އަޑުތައް ކުރިއަށްވުރެ ބޮޑުތަނުން ގަދަ: ގާސިމްގެ އެޑުވައިޒަރ

ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް/ ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމުކުރުމަށް ގޮވާލަމުންދާ އަޑުތައް މީގެ ކުރިން ގަދަވެފައިނުވާ މިންވަރަށް ގަދަވެފައިވާ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައިވާއިރު، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަންގެ ދެމެދު އޮތް ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުންވަނީ ޖޭޕީ އާއިއެކު ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރާނެކަން ހާމަކުރައްވާފައެވެ.

ގާސިމްއަށް ގިނަ ތައުރީފުތަކެއް ކުރައްވާ އިރުތިޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ވެރިކަމަށް ގެނައުމަށް އެދެމުންދާ އަޑުތައް އިންތިހާއަށް ގަދަވެފައިވާކަމަށެވެ. އެގޮތުން ހިޔާލު ބެލުމަށް ހުޅުވާލި ޕޯލްތަކުގެ ނަތީޖާތައްވެސް ރަނގަޅުކަމަށާއި، އާންމުނާއި ބައިނަލްއަގުވާމީ ފަރާތްތަކުންވެސް ދަނީ ޖޭޕީގެ ހަރަކާތްތަކަށް ނަޒަރު ހިންގަމުންކަމަށް ބުނެފައިވެއެވެ. އަދި އެކަމުގެ ސަބަބަކީ ޔޫތު ލީޑަރުންނާއި އަންހެން ބޭފުޅުންގެ އިތުރުން ތައުލީމީ ގިނަ އަދަދެއްގެ މީހުންނާއި އެކްޓިވިސްޓުން ޕާޓީއާއި ގުޅި މެމްބަރުން އިތުރުވެގެންދިއުންކަމަށް ފާހަގަކޮށްފައިވެއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން ގާސިމް ދައްކަވަމުންދާ ލީޑަރޝިޕުގެ ސަބަބުންނާއި ސިޔާސީ ހަރަކާތްތަކުގެ އިތުރުން ދެއްވަމުންދާ ލަފާ އަދި ހަމަޖެހުމަށް ވަކާލާތު ކުރެއްވުމުގެ ސަަބަބުން ޖޭޕީއަށް މުޅިން އާ ދޮރުތަކެއް ހުޅުވިގެންގޮސްފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: