ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި ޒަމާނީ މާރުކޭޓެއް އެޅުމުގެ ތައްޔާރީތައް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޒަމާނީ މާރުކޭޓެއް އެޅުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.

މީޑިއާއަކަށް މައުލޫމާތުދެއްވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި މާރުކޭޓު ގާއިމްކުރާނީ މާލޭ މަސްމާރުކޭޓު އަދި ލޯކަލް މާރުކޭޓު ހުންނަ ސަރަހައްދުގައެވެ. މި މަޝްރޫއު ނިމޭއިރު ދަތުރުވެރިންގެ މާރުކޭޓު އާއި ލޯކަލް މާރުކޭޓު އަދި މަސްމާރުކޭޓު އެއް އިމާރާތަކަށް ބަދަލުވެގެންދާނެކަމަށް ވިދާޅުވެފައިވެއެވެ. އެއާއިއެކު މުޅި އެ ސަރަހައްދަށްވެސް ބޮޑު ލުޔެއް ލިބޭނެކަމަށާއި، އެ ސަރަހައްދުގެ ޕާކިން މައްސަލައަށްވެސް ހައްލު ލިބޭނެކަމަށް  މޭޔަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ޕާކިން ފްލޯއެއް ހަދާނެކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސިޓީ ކައުންސިލްގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ މަގުފާރަވެރިންގެ ޔުނިޓެއް ހަދާ އެ ޔުނިޓުގެ ދަށުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްތައްކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

މި މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނަގާ ޓްރެއިނިން ދިނުމުގެ މަސައްކަތްތައް މި މަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ބުނެފައިވާއިރު، މި މަސައްކަތް ފެށުމަށްޓަކައި މާލެ އާއި ވިލިގިލީގެ ކަންކަން ބަލާ ދެނެގަތުމުގެ މަސައްކަތްވެސް ކުރާނެކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ. މިކަމުގެ ބޭނުމަކީ ކުށް މަދުކޮށް، މާލެ ތެރެ އަމާންތަނަކަށް ހެދުންކަމަށް މޭޔަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: