ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗަމްޕާ ބްރަދަރސްގެ ފަރާތުން ހަދިޔާކޮށްފައިވާ ކަރާ އަދި ކާށި މާލެ ސިޓީ ކައުންސިލުން ބަހަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވާ 15 ހާސް ކާށި އަދި 10 ޓަނު ކަރާ މާލެސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ބަހަން ނިންމައިފިއެވެ.

އެގޮތުން ކާށި ބެހުން ފެށުމަށް ހަމަޖެހިފައިވަނީ 27 އޭޕްރީލްވާ ބުރާސްފަތި ދުވަހުއެވެ.

ކާށި އަދި ކަރާ ބެހުން ކުރިއަށްދާނީ މާލެސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައި (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) 27 އޭޕްރިލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ން 15:00 އަށް، ރޭގަނޑު 21:30 ން 00:00 އަށް އަދި 29 އޭޕްރިލް 2023 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 12:00 އަށް، މެންދުރުފަހު 13:00 ން 17:00 އަށް، ރޭގަނޑު 20:30 ން 23:30 އަށެވެ. އެހެންނަމަވެސް ހުކުރު ދުވަހު ކާށި އަދި ކަރާ ބެހުމުގެ މަސައްކަތް ކުރިއަކަށް ނުދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން މާލެސިޓީ ކައުންސިލާއި މީގެ ކުރިން ހަވާލޔކުރި 35 ހާސް ކާށި ވަނީ މީގެ ކުރި މާލެ ސިޓީ ކައުންސިލުން ކާމިޔާބުކަމާއެކު ބަހާ ނިންމާލާފައިފައެވެ.

ކާށި  އަދި ކަރާ ބެހުމަށް ހަމަޖެހިފައިވަނީ ދިވެހި ކޮންމެ ރައްޔިތަކަށެވެ. އަދި ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުމަށް ކައުންސިލުން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: