ލ. ކައްދޫ އެއާޕޯޓު ހިންގާ ކުންފުނީގެ ޗެއާމަނަކަށް، އެމްއެންޑީއެފްގެ ކުރީގެ ބްރެގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އައްޔަނުކޮށްފި އެވެ.
ކައްދޫ އެއާޕޯޓަކީ ޑޮމެސްޓިކް އެއާޕޯޓެއްގެ އިތުރުން، އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުން ކުރާ ތަނަކެވެ.
ނެޝަނަލް ކައުންޓަރ ޓެރަރިޒަމް (އެންއައިސީޓީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާ ޒަކަރިއްޔާ މަންސޫރު މި މަގާމަށް އައްޔަނު ކުރީ ޕްރައިވަޓައިޒޭޝަން ބޯޑުންނެވެ.
ޒަކަރިއްޔާއަކީ ސިފައިންގޭގައި 39 އަހަރު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި 2021 ގައި ރިޓަޔާރ ކުރެއްވުމަށް ފަހު މަސައްކަތް ކުރައްވަމުން އައީ ކައުންޓަރ ޓެރަރިޒަމް ސެންޓަރުގަ އެވެ.
މި މަގާމަށް ޒަކަރިއްޔާ އައްޔަނު ކުރިއިރު އޭނާއަކީ، ސްޓްރެޓީޖިކް ސެކިއުރިޓީ ސްޑަޑީޒް އިން މާސްޓަސް ފުރިހަމަ ކުރައްވާފައިވާ، އަދި ކައުންޓަރ ޓެރަރިޒަމް ދާއިރާއިން ވެސް ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

