ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ކުޅޭ ޑްރާމާއިން ގާނޫނުއަސާސީގެ ބާރު ކެނޑިއްޖެ: ޝަރީފް

ރައީސް ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ، މަޖިލީސް ”ހައިޖެކު“ ކުރައްވައިގެންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަތައް ހުށައެޅުމާއިއެކު، އެ ބޭފުޅުންނާއި ތާއީދުކުރައްވާ ފަރާތްތަކުންދަނީ ޕީޖީ ގުރޫޕަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން މަޖިލީހުގެ އުކުޅުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަދި މެޖޯރިޓީ ލީޑަރު ވަރަށް މޮޅު ބޭފުޅުން ނުތިއްބަވާނެކަމަށާއި، އެހެންކަމުން އެ ދެ ބޭފުޅުންވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަގުސަދުގައި މަޖިލިސް ”މަރުތަޅު“ އަޅުވާފައިކަމަށް އިދިކޮޅު ފަރާތްތަކުންދަނީ ބުނަމުންނެވެ.

ސަރުކާރު ދިފާއުކުރައްވާ ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާވަނީ ރައީސް ނަޝީދަށް ރިޔާސަތުގެ ނާޖާއިޒް ފައިދާ ނަންގަވާކަމުގެ ތުުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ،  ރައީސް ނަޝީދު ހުންނެވީ ގާނޫނާއި ހިލާފަށް މަޖިލީސް ހިސޯރުކުރައްވައިގެންކަމަށެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ 54 މެމްބަރުގެ ސޮއި އާއިއެކު ހުށައެޅުމުން އެ މައްސަލަ ވޯޓަށް ގެންދިޔަ ނުދީ އިދާރީ މުއައްޒިފުން ބޭނުންކޮށްގެން ހުއްޓުވާފައިވާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، އެމަނިކުފާނު ކުޅުއްވަމުންދަނީ ޑްރާމާއެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ޑްރާމާގެ ސަބަބުން ގާނޫނުއަސާސީގެ ބާރު ކެނޑިގޮސްފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުވަނީ މަޖިލީސް ހައިޖެކުކުރައްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނާއި މިކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ އިދާރީ މުއައްޒިފުންގެ ތެރެއިން އެމަނިކުފާނަށް ހާއްސަ ގޮތެއްގައި އެހީވެދެއްވަމުންދަނީ މަޖިލީހުގެ އަމީން އާންމުކަމަށެވެ. އަދި 54 މެމްބަރުންގެ ސޮއި އާއިއެކު މައްސަލަ ހުށައެޅުމުން މިހާރު މަސައްކަތްކުރައްވަމުންދަނީ ގަދަ ބާރުން މަގާމުގައި ހުންނެވުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނަށް އެ ފުރުސަތު ދެވިގެންނުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ގާނޫނުއަސާސީ ދަމަހައްޓަން ޖެހޭކަމަށެވެ. އަދި މަޖިލީހުގެ ގާނޫނީ ބާރުތައް އެ މުއައްސަސާއަށް އަނބުރާ ރުޖޫއަވާންޖެހޭކަމަށާއި، މިހާރު އުފެދިފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައި، އެމަނިކުފާނު މަޖިލީސް ހައިޖެކުކޮށްފައި އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، ދައުލަތުގެ އެއް ބާރު ހައިޖެކު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށެވެ. އަދި ގާނޫނާއި ގާނޫނޫއަސާސީ ދެމެހެއްޓުމަކީ މުޅި ދައުލަތުގެ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: