ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާނެޓް ބޯޅަ ފިއެސްޓާ ކެމްޕޭން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާނެޓްގެ ފަރާތުން ބޯޅަ ފިއެސްޓާ ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ލޯންޗް ކޮށްފިއެވެ.

ބޯޅަ ފިއެސްޓާ ލޯންޗްކޮށްފައިވަނީ މީޑިއާނެޓްގެ ފަރާތުން މީރުމާ ލައުންޖްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ބޯޅަ ފިއެސްޓާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި އެންމެ ފުރަތަމަ ލޯންޗަކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ މަގްބޫލް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކަވަރޭޖެވެ. ކަލަބް މޯލްޑިވްސް ކަޕްގެ ކަވަރޭޖް ލޯންޗްކޮށްދިނީ  ރާއްޖޭގެ މަގްބޫލު އެއް ފިރިހެން ކުޅުންތެރިޔާ އަޔާޒް އަހްމަދު އަދި އަންހެން ފުޓްސަލް ތަރި މަރިޔަމް މިރުފަތުއެވެ.

މިއީ މީޑިއާނެޓުން ކްލަބް މޯލްޑިވްސް ކަޕް ގެނެސްދޭ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ ކަވަރޭޖްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވާޗުއަލް ސްޓޫޑިއޯ އެއްގައި ޕްރީ ޝޯއެއް ގެނެސްދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ޖުލައި މަހުގެ 14 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކްލަބް މޯލްޑިވްސްގެ 4 ވަނަ މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕް، ކްލަބް މޯލްޑިވްސް ކަޕް ކްލެސިކް 30/18 ވިމެންސް ފުޓްސެލް ފިއެސްޓާ އަދި 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ކްލެސިކްގެ ހުރިހާ މެޗެއް އައިސް ނެޓްވޯކްގެ ޗެނަލްތަކުން ފެންނާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީގެ އިތުރުން ޖުލައި މަހުގެ 20 އިން އޯގަސްޓް 20 އަށް އޮސްޓްރޭލިއާ އަދި ނިއުޒިލެންޑްގައި ބޭއްވުމަށް ހަމަޖެހިފަިއވާ އަންހެން ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ފީފާ ވިމެންސް ވޯލްޑް ކަޕް ކަވަރޭޖްވެސް މީޑިއާނެޓުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޖުމްލަ 32 ޓީމް ދުނިޔޭގެ ތައްޓަށް ވާދަކުރާ މި މުބާރާތުގެ ހުރިހާ މެޗެއް އައިސް ނެޓްވޯކް މެދުވެރިކޮށް މީޑިއާނެޓްގެ ކަސްޓަމަރުންނަށް ފެންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި އިންގްލިޝް ޕްރިމިއަރ ލީގާއި، ސްޕެނިޝް ލަލީގާ އާއި އިޓާލިއަން ސެރިއާ އަދި ފްރާންސް ލީގު 1 ގެ ކުރިއަށް އޮތް ސީޒަންގެ ހުރިހާ މެޗްތަކެއް ވެސް މީޑިއާ ނެޓްގެ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށް މީޑިއާނެޓުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: