ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު!

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު!
ޝެއާރކޮށްލާ ކަހަލަދޯ؟

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީ.ޓީ.އޭ.އެމް) ގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

ޓީ.ޓީ.އޭ.އެމްއަކީ ރާއްޖޭގައި އިންތިޒާމްކޮށް ބާއްވާ ޓޭބަލް ޓެނިސްއާ ގުޅުންހުރި ހުރިހާ ހަރަކާތެއް ބަލަހައްޓާ ޒިންމާދާރު އިދާރާއެވެ. އެ އެސޯސިއޭޝަނަކީ ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ މެމްބަރު ޖަމިއްޔާއެކެވެ. އަދި ޓީ.ޓީ.އޭ.އެމްއިން ވަނީ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަދަ ބައިނަލްއަޤްވާމީ ހަރަކާތްތައް ރާއްޖޭގައި ބާއްވާފައިވެއެވެ. މީގެ އިތުރުން މިއަހަރުގެ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޓޯނަމަންޓްވެސް އިންތިޒާމްކޮށް ބާއްވަނީ ޓީ.ޓީ.އޭ.އެމްއިންނެވެ. 14 ސްކޫލަކުން ބައިވެރިވާ މި ޓޯނަމަންޓް އޮންނާނީ 12 އިން 20 ޖޫން 2023 އަށެވެ.

ޓީ.ޓީ.އޭ.އެމްގެ އަހަރީ ޑިވެލޮޕްމެންޓް ޕާރޓްނަރަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފަދަ ކުޅަދާނަ، ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިން އުފެދިގެންއައުމަކީވެސް އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ކުޅިވަރަށް ފާގަތި މުސްތަޤްބަލަކަށް،

ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: