ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލަ: ޔާމީން އެދިލެއްވީ އިސްތިއުނާފީ ޝަރީއަތްތައް ވީހާވެސް ގިނައިން ބާއްވައިދިނުމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ވ.އާރަށުގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފީ ޝަރީއަތްތައް ވީހާވެސް ގިނައިން ބާއްވާ ދެއްވުމަށް އެމަނިކުފާނު މިއަދު ހައިކޯޓުގައި އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފްކުރުމަށް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގެ މިއަދުގެ އަޑު އެހުމުގައި ޔާމީން ވިދާޅުވީ، އިސްތިއުފާނީ މައްސަލަ ވަރަށް އަވަސް އަވަހަށް ގެންގޮސްދެއްވައިފިނަމަ ޝުކުރު ވެރިވާނެ ކަމަށެވެ.

އެގޮތުން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި މައްސަލަ ވަރަށް އަވަސް އަވަހަށް ދާ ކަމަށެވެ.

މައްސަލައިގައި ދައުލަތުން ޔާމިންގެ މައްޗަށް ކުރި ދެ ދައުވާވެސް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ 25 ޑިސެމްބަރ 2022 ގައެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ 21 ވަނަ ދުވަހެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި މިދިޔަ ބުދަދުވަހުގައެވެ.

މި ހަފްތާގެ ހޯމަ ދުވަހަށް މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ތަވާލު ކުރި ނަމަވެސް، ފުއްގިރި މައްސަލައާ ފުށުއަރާތީ އެ މައްސަލަ ކެންސަލް ކޮށްލީ އެވެ. ޔާމީން ވަނީ މި މައްސަލައިގެ ދެ އަޑުއެހުން ބާއްވައި، އެމަނިކުފާނަށް ހުށަހަޅަން ފުރުސަތު ނުލިބުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ ޝެޑިއުލް ބެލުމަށްފަހު އަންނަ ހަފްތާ މި މައްސަލަ ތާވަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: