ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެނިފެސްޓޯ އެކުލަވާލުމާއި ބެހޭ ވޯކްޝޮޕެއް އަންހެނުންގެ ރޫހުން ކުރިއަށްގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމަށް ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

އަންހެނުންގެ ރޫހުގެ ރައީސާ އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ގިނަ އަދަދެއްގެ މެމްބަރުން މި ވޯކްޝޮޕްގައި ވަނީ ބައިވެރިވެފައެވެ.

މިންތީގެ ހަމަހަމަކަން ގާއިމް ކުރުމުގެ ގޮތުން ކުރިއަށް އޮތް 5 އަހަރު ދުވަހަށް އެކްޝަން ޕްލޭން އެއް ވަނީ ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި ހިއްސާކޮށްފައެވެ.

މި އެކްޝަން ޕްލޭންގައި މިންތީގެ ހަމަހަމަކަން ގާއިމް ކުރުމުގެ ތަސައްވުރާއި ޖެންޑަރ ސިޔާސަތުގެ އަސާސްތަކާއި ސިޔާސަތުގެ ލަނޑުދަނޑިތަކުގެ މައްޗަށް ބަލައިލާފައިވެއެވެ.

މި ބައްދަލުވުމުގެ ބައިވެރިންނާއި ވާހަކަ ދައްކަވައި ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް އަންހެނުންގެ އަޑު އަހައިގެން މެނިފެސްޓޯ ހަދާ ޕާޓީއެއް ކަމަށާއި، އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ހެދޭ މެނިފެސްޓޯގައި އަންހެނުންގެ ބަސް ހިމެނިގެންދާނެ ކަމަށެވެ. އަދި އަންހެނުންގެ ރޫހުގެ ކޮންފަރެންސްގެ އެންމެ ބޮޑު މަގްސަދަކީ ސިޔާސީ ގޮތުންނާއި ގޭތެރޭގެ ކަންކަމުގައިވެސް އަންހެނުންނަށް ދިމާވާ ކަންބޮޑުވުންތައް އަޑުއަހައި މެނިފެސްޓޯގައި އެކަންކަން ހިމެނުން ކަމަށެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ކުރިއަށް ދާނީ އަންހެނުންގެ ކަންކަން އޮންނަންޖެހޭ ގޮތް ކަމަށް ފެންނަ ކަންކަމުގައި މަޝްވަރާ ކުރެވިގެން ކަމަށެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: