ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިޔަ އިހުތިޖާޖު ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުން: އިދިކޮޅު

އިދިކޮޅުން ރޭ ބޭއްވި މުޒާހަރާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިޔަ އިހުތިޖާޖު ހަލަބޮލިކުރީ ސަރުކާރުން ފޮނުވި ގޭންގަކުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އަންގައިގެން ރައްޔިތުންނަށް އަނިޔާވެރިވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. އަދި އެކަންކަން ބަލާ ފިޔަވަޅު އެޅުމަށް އުފައްދާފައިވާ މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށްވެސް ގޮވާލާފައިވެއެވެ.

އިދިކޮޅުން ބުނެފައިވަނީ ސުލްޙަވެރިކަމާއެކު ދިވެހި ރައްޔިތުން ކުރިއަށް ގެންދިޔަ އިޙުތިޖާޖު ހަލަބޮލިކުރުމަށް ސަރުކާރުން ފޮނުވި ގޭންގަކުން އިޙުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ފުޅި އުކާ، ސަރުކާރުގެ އެންގުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، އިޙުތިޖާޖުގެ ބައިވެރިންގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހާފައިވާނެކަމަށެވެ. އަދި އެކަންވެސް ވަނީ ކުށްވެރިކޮށްފައެވެ.

ރޭގެ އިޙުތިޖާޖުގެ ތެރޭގައި ޕިޕީއެމްގެ ސެނެޓަރ އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފްގެ މޫނަށާއި އަނގައަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖެހުމުން، ނެވާއަށް އުނދަގޫވެ ހާސްވުމުގެ ސަބަބުން އޭނާ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވާކަމަށް ޕީޕީއެމްއިން މައުލޫމާތުދީފައިވެއެވެ. އަދި ޕީޕީއެމްގެ ސެނެޓަރ އެ ކޯލިޝަންގެ ޙަރަކާތު ކޮމިޓިގެ ޗެއަރ މުޙައްމަދު އިސްމާޢީލްގެ ލޮލަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖުހުމުން ލޯލަށް ނުފެންނަ ވަރަށް ލޯ ވަނީ ދުޅަވެފައިކަމަށް އިދިކޮޅުން ބުނިއެވެ.

މީގެ އިތުރުންވެސް މީޑިއާ ފާސް އަޅުއްވައިގެން ތިއްބެވި ނޫސްވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާ ނޫސްވެރިން ގެންގުޅުނު އަގުބޮޑު ސާމާނަށްވެސް ފުލުހުން ގަސްތުގައި ގެއްލުން ދިނުމާއި ސުލްޙަވެރިކަމާއެކު ތިއްބެވި ބައިވެރިންގެ މޫނަށާއި އަނގަޔަށް ޢަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހާ އަނިޔާދީފައިވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. މިފަދަ ބައެއް މަންޒަރުތައް ފެންނަ ވީޑިއޯތައް ދައުރުވަމުންދާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށާއި އަންހެނުންނަށާއި އިސް ރަށްވެހިންނަށްވެސް އެއްވެސް ބެލުމެއް ނެތި އަނިޔާވެރިވުމަކީ މިހާރަކަށް އައިސް ފުލުހުންގެ ކިބައިން ފެންނަމުންދާ ވަރަށްވެސް ދަށު ދަރަޖައިގެ ޢަމަލުތަކެއްކަމަށް އިދިކޮޅުން ބުންޏެވެ.

ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހައްދުފަހަނައަޅާ ގޮސްފައި މިވަނީ މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނީ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާތަކުން އެފަރާތްތަކާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ޙަވާލުކުރެވިފައިވާ ޒިންމާ އަދާ ކުރުމަށް ފަސްޖެހޭތީކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ. އެކަންކަން ހުއްޓުވުމުގެ ޤާނޫނީ ޒިންމާ ޙަވާލުވެފައިވާ މުއައްސަސާތަކުން މިކަންކަމަށް ދޭންވާ ސަމާލުކަން ދިނުމަށާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސް ނުޖެހުމަށް އެ ކޯލިޝަނުން ނަސޭހަތްތެރިވެފައިވާއިރު، މިމައްސަލަތައް ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: