ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ސިޔާސީ ހަޔާތުގައި ކުރި މަސައްކަތް އެހެން ބަޔަކަށް ދޫކޮށްލުމުން ސާބިތުވީ، އެމަނިކުފާނުގެ ޑިމޮކްރަސީ: ރިޔާޒް

ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟
އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ދިގު ސިޔާސީ ހަޔާތުގައި ކުރި ހުރިހާ މަސައްކަތެއް އެހެން ބަޔަކަށް ދޫކޮށްލާފައި ނުކުތުމުން ސާބިތުވީ، އެމަނިކުފާނުގެ ކެރުމާއި ސާބިތުކަންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހާއްސަ އެޑްވައިޒަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ ޕާޓީގެ އިސް ލީޑާރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރައްވާ ލިބިވަޑައިގެން ނާކާމިޔާބީއަށް އެ ޕާޓީގެ ރައީސްކަމުގައި ހުންނަވާ ރައީސް ނަޝީދު މަސައްކަތްކުރެއްވީ އިތުރު ސިޔާސީ ހަރަކާތެއް ހިންގުމަށެވެ. އެގޮތުން ޕްރައިމަރީގައިވެސް ކެމްޕެއިން ޝިއާރެއްގެ ގޮތުގައި ބޭނުންކުރެއްވި ”ފިކުރެއްގެ ދިރުން“ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ސޮއި ހަމަކުރުމުގެ މަސައްކަތްތަކެއްވެސް ކުރެއްވިއެވެ. އެއަށްފަހު އެ ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ރައީސް ނަޝީދަށް ތާއީދުކުރާ، އެމްޑީޕީގެ އިސް 12 މެންބަރަކު ޕާޓީއިން ވަކިވެވަޑައިގެންނެވުމަށްފަހުއެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ޖޫން 21 ވަނަ ދުވަހު ރައީސް ނަޝީދުވެސް ވަނީ ގައުމުގައި ހިނގަމުންދާކަންކަމުގެ ސަބަބުން އެމަނިކުފާނު އެމްޑީޕީގައި ހުރުމަކީ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެ، ޕާޓީއާއި ވަކިވެވަޑައިގެންފައެވެ.

މިކަމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓުވީޓެއްގައި ރިޔާޒް ވިދާޅުވީ ރައީސް ނަޝީދު އަކީ ހިތްވަރުގަދަ ރާއްޖޭގެ ޑިމޮކުރަސީގެ ދަތުރުގައި ކާމިޔާބު ލީޑަރެއްކަމަށެވެ. ދިވެހިންނަށް ލިބުނު ނޫސްވެރި ކަމުގެ ހައްގާއި، ހިޔާލު ފާޅުކުރުމުގެ ހައްގު ހޯދާދިނުމުގައި ރައީސް ނަޝީދުގެ ދައުރު ބޮޑުކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލިއިރު އެގާނޫނު އަސާސީގަ ހިމަނަންޖެހޭނެ ކަމަށް އޭރު ނަޝީދު އޭނާ ގާތު ދެއްކި ވާހަކަ މިއަދު ހަނދާނަށް އަންނަކަމަށެވެ.

ނަޝީދުގެ ދިގު ސިޔާސީ ހަޔާތުގަކުރި ހުރިހާ ސިޔާސީ މަސައްކަތެއް އެހެންބަޔަކަށް ދޫކޮށްލާފަ ނުކުތުމުން ސާބިތު އެކޮށްދިނީ އެމަނިކުފާންގެ ކެރުމާއި ސާބިތުކަން އަދި ޑިމޮކްރަސީ.

ރިޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ދިގު ސިޔާސީ ހަޔާތުގަ ކުރި ހުރިހާ ސިޔާސީ މަސައްކަތެއް އެހެންބަޔަކަށް ދޫކޮށްލާފަ ނުކުތުމުން ސާބިތު އެކޮށްދިނީ ،އެމަނިކުފާންގެ ކެރުމާއި ސާބިތުކަން އަދި ޑިމޮކްރަސީކަމަށެވެ. އަދި އެމްޑީޕީއިން ވަކިވުމަށް އެ ނިންމެވި ނިންމެވުމުން ނަޝީދު ހިތްވަރުގަދަކަން ސާބުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

މިފަދައިން ރައީސް ނަޝީދަށް ތާއުރީފުކުރައްވާ ރިޔާޒް ޓުވީޓުކުރެއްވިއިރު، ”ފިކުރެއްގެ ދިރުން“ ނަމުގައި ސިޔާސީ ހަރަކާތް ހިނގިއިރު ޖުމްހޫރީ ޕާޓީއާއިއެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދެވިއެވެ. އޭރު ވިދާޅުވީ ދެ ބައި މީހުން ގުޅިގެން މަސައްކަތްކުރަމުން އެދަނީ ގުޅިފައިވާ މެނިފެސްޓޯއެއް އެކުލަވާލުމަށްކަމަށެވެ. ދެން އެއަށްފަހު ރައީސް ނަޝީދުގެ ފަރާތުން ޖުމްހޫރީ ޕާޓީއަށް ހުށައެޅުންތަކެއް ހުށައަޅާފައިވާއިރު، އޭގެ ތެރޭގައި ރިޔާސީ އިންތިހާބަށްފަހު ވެރިކަމަށް ހުވާކުރުމަށް އެ އޮންނަ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނަގަންޖެހޭ، ފެންނަ ނުފެންނަ ވޯޓު ނެގުމަށްވެސް ހުށައަޅާފައިވެއެވެ.

ދެ ޕާޓީ ދެމެދުގައި އޮތް ގުޅުން ހީނަރުވީ ހިސާބަކީ މިއީކަމަށް ބެލެވެނީ، ޖުމްހޫރީ ޕާޓީއިން ރަސްމީ ގޮތެއްގައި މި ހުށައެޅުންތައް ޖަވާބުތަކެއް ދީފައިނުވުމެވެ. އަދި އެއަށްފަހު ރައީސް ނަޝީދު ޕާޓީއެއް އުފައްދަވަން މަސައްކަތް ފެށުމެވެ. މިކަމާއި ގުޅޭ ގޮތުން ރައީސް ނަޝީދު އުފެއްދުމަށް މަސައްކަތްކުރާ އައު ޕާޓީ “ ދަ ޑިމޮކްރެޓްސް“ ތަރުޖަމާނު އަފްޝަން ލަތީފާއި ސުވާލުކުރުމުން ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އެކު ކުރިއަށްގެންދަން ފަށާފައިވާ މަޝްވަރާތައް ހުއްޓިފައިނުވާ ކަމަށެވެ. އަފްޝަން ވިދާޅުވީ އޭރު ފިކުރެއްގެ ދިރުމުގެ ފަރާތުން ހުށަހެޅި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ އަދަދެއްގެ މެމްބަރުން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގައި ތިބި ކަަމަށެވެ. އެހެންކަމުން ސިޔާސީ މަޝްވަރާތައް ހުރިހާ ޕާޓީތަކާއިއެކުވެސް ކުރިއަށް ދާކަމަށް އަފްޝަން ވިދާޅުވިއެވެ.

މިހެން ކަން އޮވައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް އޭނާ ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ އެމަނިކުފާނު ވެރިކަމަށް އައުމަށް މަގު ކޮށައިދޭ ބޭފުޅަކަށް ގާސިމް ހެއްދެވުމަށްކަމަށެވެ. އަދި އެމަނިކުފާނު ނޫން މީހަކު ވެރިކަމަށް އަންނަން ރައީސް ނަޝީދު ނޭދޭކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: