ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއެރަލިއޯންގެ ރައީސްއެއް ހޮވުމަށް ބޭއްވި އިންތިހާބުގެ ނަތީޖާއާއިމެދު ޔޫރަޕުގެ އޮބްޒާވަރުންގެ ޝައްކުތަކެއް!

ސިއެރަލިއޯންގެ ރައްޔިތުން: ފޮޓޯ/ ސޯސަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއެރަލިއޯންގެ ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ނަތީޖާގައި މައްސަލަތައް ފާހަގަކުރެވޭކަމަށް އެ ގައުމުގެ އިންތިހާބުގެ ކަންކަން ބެލުމަށް ހާޒިރުވެ ތިބި ޔޫރަޕުގެ އޮބްޒާވަރުން ބުނެފިއެވެ.

ސިއަރަލިއޯންގެ އާ ރައީސްގެ ގޮތުގައި ޖޫލިއަސް މާދަބައޯ އިންތިހާބުވެފައިވާއިރު، އެ ގައުމުގެ އިންތިހާބީ ކަންކަން ބެއްލުމަށް ހާޒިރުވެ ތިބި ބައިނަލްއަގުވާމީ އޮބްޒާވަރުންވަނީ އިންތިހާބީ ވުޒާރާއިން ޝާއިއުކޮށްފައިވާ ނަތީޖާތަކުގައި މައްސަލަތައް ހުރިކަމަށް މީޑިއާތަކާއި ހިއްސާކޮށްފައެވެ. ޔޫރަޕިއަން ޔުނިއަންގެ ”އިލެކްޝަން އޮބްޒަވޭޝަން މިޝަން“ އިންވަނީ އެއް ކުރުމުގެ ބަދަލުގައި ވަކި ވަކި ވޯޓު ފޮށިތަކުގެ ނަތީޖާއަތައް ޝާއިއުކޮށް އާންމުނަށް ހިޔާލު ފާޅުކުރުމަށް ޖާގަދިނުމަށް ގޮވާލާފައެވެ. އަދި އެ ނޫން ގޮތެއްގެ މަތިން ނިންމާ ނިންމުމެއްގެ ސައްހަ ކަމާއިމެދު ސުވާލު އުފެއްދުމަށް ޖާގަ އޮތްކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުގެ އިންތިހާބީ ކަންކަމުގެ އެންމެ އިސް ފަރާތުންވަނީ އެ ވާހަކަތަކަށް ރައްދު ދެއްވައި، ކަމާއިބެހޭ ވެބްސައިޓަށް އެ މައުލޫމާތު ޝާއިއުކުރެވިގެންދާނެކަން އެހެންނަމަވެސް ވަގުތު ނަގާނެކަން މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ދެވަނަ ދައުރެއް ކާމިޔާބުކޮށްފައިވާ ބައޯއަށް މި އިންތިހާބުން ލިބުނީ 56 އިންސައްތަ ވޯޓެވެ. އޭނާގެ މައި ވާދަވެރިޔާ ސަމޫރާ ކަމާރާއަށް ލިބުނީ 41 އިންސައްތަކަމަށް ރަސްމީގޮތުން ހިއްސާކޮށްފައިވާ ހިސާބުތަކުން ދައްކައެވެ. ކަމާރާވަނީ އިންތިހާބުގެ ނަތީޖާތައް ބަލައިނުގަނެ ސައްހަ ކަންކަށަވަރު ނުވާކަމަށް ބުނެފައެވެ. އިންތިހާބުގެ ނަތީޖާތައް ޝާއިއުކުރެވުނާ ގަޑިއިރުތަކެއްގެ ތެރޭގައި ބައޯވަނީ ރައީސްކަމުގެ ހުވާކުރައްވާފައެވެ.

ޔޫރަޕުގެ އޮބްޒާވަރުން ބުނެފައިވާގޮތުން، އެންމެ ފުރަތަމަ ހިއްސާކުރި ނަތީޖާތަކާއި ފަހުން ހިއްސާކުރި ނަތީޖާތަކުގެ ދެމެދުވެސް ބޮޑު ތަފާތުތަކެއްވެއެވެ. އަދި ފޮށިތަކަށް ވޯޓު އެޅިކަމަށް ބުނާ މީހުންގެ އަދަދުތަކުގައިވެސް މައްސަލަތައް ފާހަގަކުރެވިފައިވާކަމަށާއި މުޅި ގައުމުގައި ބެހެއްޓުން ހުރިހާ ފޮށިތަކަކަށްވެސް އެޅިފައިވާ ސައްހަ ނޫން ވޯޓުތަކުގެ އަދަދުތައްވެސް އިންތިހާއަށް ދަށް އިރު ބައެއް ސަރަހައްދުތަކުގައި 95 އިންސައްތަ މީހުން ވޯޓުލާފައިވާކަމަށް ދައްކާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: