ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްވިޓާރއަށް ކުރާ ޕޯސްޓުތައް ދުވާލަކު ބެލޭނެ މިންވަރެއް ކަނޑައަޅައިފި

ޓްވިޓާރގެ ވެރިޔާ އިލޮން މަސްކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްވިޓާރއިން އެ އެޕްލިކޭޝަންގެ ޕޯސްޓުތައް ބެލޭ މިންވަރުތައް ބަދަލުކޮށްފައިއެވެ.

ޓްވިޓާރ ބޭނުންކުރަމުންދާ ފަރާތްތަކަށް އެ އެޕްލިކޭޝަން މެދުވެރިކޮށް އެހެން ފަރާތްތަކުން ހިއްސާ ކުރާ ވާހަކަތައް ބެލޭނެ މިންވަރުތައް މިިހާރުވަނީ ވަކި އިމެއްގެ ތެރޭގައި ހިފަހައްޓާފައެވެ. އެގޮތުން ވެރިފައި ކޮށްގެން ޓްވިޓާރ ބޭނުންކުރާ ފަރާތްތަކަށް ދުވާލަކު6،000 ޕޯސްޓަަށްވުރެ އިތުރަށް ނުބެލޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އިލޮން މަސްކުވަނީ ބުނެފައެވެ.

މަސްކުގެ މި ނިންމުމާއިއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓްވިޓާރ ބޭނުންކުރަމުންދާ މީހުންވަނީ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުންނަށް ބޭނުން ނުކުރެވޭކަމަށާއި ބައެއް މީހުންނަށް އެހެނިހެން ދަތިތައްވެސް ކުރިމަތިވާކަމަށް ބުނެފައިވެއެވެ. އެގޮތުން ހިދުމަތްތައް ނުހޯދާ ފަރާތްތަކަށް މިހާރު ޓްވިޓާރގައިވާ ޕޯސްޓުތައް ނުބެލޭކަމަށާއި ޕޯސްޓު ބެލޭ އަދަދުތައް ހަމަވުންފަދަ މައްސަލަތައް ހިއްސާކޮށްފައިވެއެވެ. ޝަކުވާތައް ހިއްސާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މީޑިއާތަކުގެ އިސް ފަރާތްތައްވެސް ހިމެނެއެވެ.

މައްސަލަ އުފެދުމުން އިލޮން މަސްކު ހިއްސާކޮށްފައިވާގޮތުން، ކަނޑައެޅިފައިވަނީ ވަގުތީ ލިމިޓެކެވެ. އަދި އެކަންކޮށްފައިވަނީ ކުރިމަތިވަމުންދާ ބައެއް މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ. އެގޮތުން ޓްވިޓާރއަށް ފައިސާ ދައްކައިގެން ބޭނުންކުރަމުންދާ މީހުންނަށް 6،000 ޕޯސްޓު ފެންނާނެއެވެ. އެހެންނަމަވެސް ފައިސާ ނުދައްކާ ފަރާތްތަކަށް ބެލެނީ 600 ޕޯސްޓުކަމަށާއި އަލަށް އުފައްދާ އެކައުންޓުތަކަށް އެ އަދަދު 300ގައި ހިފެހެއްޓިފައިވާކަމަށް ބުނެފައިވެއެވެ.

ޓްވިޓާރގެ އުސޫލުތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ އިލޮން މަސްކު ފެށުމުގެ ގޮތުން ގެނައި ބަދަލަކީ ފައިސާ ދައްކާ ފަރާތްތަކުގެ އެކައުންޓުތަކުގެ ސައްހަކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުން ބައެއް ކަންކަން ތައާރަފްކޮށްފައެވެ. ޓްވިޓާރ ޕޯސްޓުތައް ބެލޭ މިންވަރުތައް ކަނޑައެޅުމަށްފަހު އަމާޒުވަމުންދާ ފާޑުކިޔުންތަކާއިއެކު މަސްކުވަނީ އެ ލިމިޓުތައް އިތުރުކުރާނެކަމަށް ބުނެފައެވެ. އެގޮތުން ފައިސާ ދައްކާ މީހުންނަށް 8،000 ނުދައްކާ ބޭނުންކުރާ މީހުންނަށް 800 އަދި އަލަށް އުފައްދާ އެކައުންޓުތަކަށް 400ގެ ލިމިޓެއް ކަނޑައަޅާނެކަމަށް ބުނެފައިވެއެވެ.

ޓްވިޓާރ އެކައުންޓެއް ނުހަދާވެސް މީގެ ކުރިން ޝާއިއުކުރެވިފައިވާ ވާހަކަތައް ބެލުމަށް ފުރުސަތު އޮތް އިރު، މިހާރު އެ އުސޫލުން ޓްވިޓާރގެ ބޭނުން ހިމުގެ ދޮރުތައްވަނީ ބަންދުކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: