ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސްޓަރ 360 ކެމެރާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރ ރަންފައުން މޫލީއަށް!

އިންސްޓަރ 360 ކެމެރާގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރ ރަންފައުން މޫލީއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންސްޓަ 360 ކެމެރާގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރު ރަންފައުންއިން މޫލީގައި އޮންލައިން ސްޓޯއެއް ހުޅުވައިފިއެވެ.

އުރީދޫއިން ބުނީ މޫލީން ވިޔަފާރި ކުރައްވާ ކޮންމެ އޯރޑަރެއް ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށެވެ.

ރާއްޖޭގައި އިންސްޓަ 360 ގެ އޮތޮރައިޒްޑް ސެލާ އަދި ޑިސްޓްރިބިއުޓަރ ރަންފައުން، ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް ޕްލޭސް ކަމަށް ވާ މޫލީއާ ގުޅިގެން ވަނީ ޕާޓްނާރ ވެފަ އެވެ. މޫލީގައި އިންސަޓަ 360 ޑިވައިސްތަށް ލޯންޗު ކުރުމުގެ ގޮތުން މޫލީން ގަންނަ އިންސްޓަ 360 ކެމެރާއާއި އެކްސެސަރީޒްތަކުން ކަސްޓަމަރުންނަށް 13 އިންސައްތަ އާއި ހަމައަށް ޑިސްކއުންޓް ލިބޭ ހާއްސަ އޮފަރ އެއްވެސް މިއާއި އެކު ވަނީ ތައާރަފްކޮށްފަ އެވެ.

އިންސްޓަ 360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސެކެވެ. ޒަމާނީ ސިފަތަކާއި އާދަޔާ ހިލާފު ކޮލިޓީއާ އެކު މި ޑިވައިސް އަކީ މީހުންގެ ތަޖުރިބާތައް ތަފާތު ގޮތަކަށް ޑޮކިއުމެންޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސްއެއްކަން ފާހަގަކުރެވެ އެވެ.

އިންސްޓަ 360 ޑިވައިސްގެ މައިގަނޑު ސިފަތައް:

  • 360-ޑިގްރީ ކެޕްޗަރ: އިންސްޓަ 360 ޑިވައިސްއަކީ ފޮޓޯ ނަގާ މާހައުލު 360 ޑިގްރީ ކޮށް ކެޕްޗަރ ކުރުމުގެ ތަޖުރިބާ ލިބިގެންދާ ޑިވައިސެކެވެ.

  • ހައި-ރިޒޮލިއުޝަން އިމޭޖިން: މި ޑިވައިސްގެ އެޑްވާންސް އިމޭޖިން ޓެކްނޮލޮޖީއާ އެކު، މި ޑިވައިސް އިން ވަރަށް ސާފު އަދި ތަފްސީލީ ފޮޓޯތަކާއި ވީޑިއޯތައް ކަށަވަރުކޮށްދެ އެވެ.

  • ކޮމްޕެކްޓް އެންޑް ޕޯޓަބަލް: ގިނައިން ދަތުރު ފަތުރުކުރާ ބޭފުޅުންނަށާއި އެޑްވެންޗަރުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ އިންސްޓަ 360 ޑިވައިސް އަކީ ކުޑަ، ލުއި އަދި ޖީބަށް ފަސޭހައިން ފިޓްވާ ޑިވައިސްއަކަށް ވުމުން މިއީ ދތުތުރު ފަތުރު ކުރާއިރު ވެސް ގެންދން ފުރިހަމަ ކެމެރާއެކެވެ.

  • ޔޫޒަރ ފްރެންޑްލީ އިންޓަރފޭސް: ބޭނުންކުރަން ފަސޭހަވާނޭހެން ތަފާތު ގިނަ ފީޗަރސް ތައް އެކުލެވިގެންވާއިރު، މި ޑިވައިސް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ނެވިގޭޓްކޮށް، ތަފާތު ފީޗާތަކާއި ސެޓިންގްތަކުގައި ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

  • ވާސަޓައިލް ޝޫޓިން މޯޑްސް: ޓައިމް ލެޕްސް އިން ފެށިގެން ސްލޯ މޯޝަން އާ ހަމައަށް އިންސްޓަ 360 ޑިވައިސްގައި ކޮންމެ ކްރިއޭޓިވް ބޭނުންތަކަކަށް ފެތޭ ގޮތަށް ތަފާތު ޝޫޓިން މޯޑްތައް ފޯރުކޮށްދީ، މި ޑިވައިސް ބޭނުންކުރާ މީހުންނަށް އެ މީހުންގެ އާޓިސްޓިކް ވިސްނުން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

  • ސީމްލެސް ކަނެކްޓިވިޓީ: ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ސްމާޓްފޯނާއި ނުވަތަ އެހެނިހެން ޑިވައިސްތަކާ މި ޑިވައިސް ގުޅާލެވި، ވަގުތުން ޕްރިވިއުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް ފަސޭހައިން ޝެއާވެސް ކުރެވޭނެ އެވެ.

މޫލީގެ އެކްސްކްލޫސިވް ލޯންޗް އޮފާ އާއި އެކު އިންސްޓަ 360 ޑިވައިސްތަށް މި ހާރު މޫލީއިން ގަންނަށް ލިބެން ހުރީ މާލޭގެ މާކެޓްގައި އެންމެ ހެޔޮ އަގުގައެވެ. ހަމަ އެޔާ އެކު މޫލީ މެދުވެރިކޮށް އިންސްޓަ 360 ޑިވައިސް ބައްލަވައިގަންނަ ބޭފުޅުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

މި ހާއްސަ ޑިސްކައުންޓް އޮފަރ ގައި އިންސްޓަ 360 ޑިވައިސް އަދި އެސެސަރީޒް 16 އޯގަސްޓް 2023 ގެ ކުރިން https://mool.ee/ranfaun މެދުވެރިކޮށް ލިބިވަޑއިގަންނަވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: