ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުތަމައެއް ބިނާކުރުމުގައި އުހުވަތްރެތިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު: ހުތުބާ

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައެއް ބިނާކުރުމުގައި އުހުވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑުކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މުޖުތަމައެއްގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރ،ި އަރާރުންވާ ބައެއްކަމުގައި ވާނަމަ ނަސްރާއި ކާމިޔާބާ ހަމައަށް ވާސިލް ވުމަކީ އެކަށީގެންވާކަމެއް ނޫން ކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. ތާރީހައް ބަލާލި ކަމުގައި ވީނަމަވެސް މިކަން ހާމަވާނެ ކަމަށް ހުތުބާގައި ވެއެވެ. އިސްލާމީ އުއްމަތުގެ ކުރީކޮޅު ނަސްރު ލިބުނީ އެބައިމީހުންގެ ހިތުގައި އީމާންކަން ވަރުގަދަވެފައި، އެބައިމީހުންގެ މެދުގައި އަހުވަންތަކަމާއި އަދި އެއްބައިވަންތަކަމުގެ ސަބަބުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާ ގައި ބުނެފައިވަނީ އިސްލާމީ އުންމަތް ރޫޅި، ބައިބައިވެގެން ގޮސްފައިވަނީ އީމާންކަމާއި، އަހުވަންތަކަމާއި އަދި އެއްބައިވަންތަކަން މުސްލިމުންގެ މެދުގައި ނެތުމުން ކަމަށެވެ. އަދި ޣައިރު މުސްލިމުންގެ ކުރިމަތީގައި އެފަދަމީހުން ސިފަކޮއްފައި ވަނީ ބާރެއް ނެތް ކޯރެއްގައި ދެމޭ ކުނި ތަކެއްގެ ސިފައިގައި ކަމަށެވެ.

މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް ބާރުއަޅައި އަދި މިކަމަށް ހުރަސް އެޅޭ ހުރިހާ ކަމެއް ދީނުގައި މަނާ ކުރައްވާފައިވާކަމަށް ހުތުބާގައި ބުނެފައިވެއެވެ. މުސްލިމުންގެ އެއްބައި ވަންތަކަމާއި އަހުވަންތަކަން ބަޔާން ކުރައްވާފައި ވާފަދައިން އެކަމަށް ހުރަސް އެޅޭ ކޮންމެކަމެއް މަނާ ކުރައްވާފައިވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ދީނުގައި އަންގަވާފައިވާ ގޮތަށް ކަންކަން ކުރުމުން އެކަމުގެ ލާބަޔާ މަންފާ އޮތީ ތިމާއަށާއި މުޖުތަމައަށް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ހަމަ އެފަދައިން ދީނުގައި މަނާ ކުރެވިފައިވާ ކަމެއް ކުރުމުން އެކަމުގެ ގެއްލުން ހުރީ ތިމާއަށާއި ދިރިއުޅޭ މުޖުތަމައަށް ކަން ވެސް ބުނެފައިވެއެވެ.

މާތްﷲ އަށާއި ރަސޫލާއަށް ކިޔަމަން ވުމަށާއި އެ މުސްލިމެއްގެ ހައްގު އެންމެ ފުރިހަމައަށް އަދާ ކުރުމަށާއި އަދި ތިމާގެ ނަފްސަށް ލިބެން އެދޭ ހެޔޮ ކަންތައް ތިމާގެ އަހާއަށް ވެސް އެދުމަށް ހުތުބާގައި ގޮވާލިއެވެ.

އަހުވަންތަކަމާއި އެއްބައިވަންތަކަމަށް ވާސިލް ކޮށްދޭ ކަންތައް ކުރުމަށާއި މިކަން ކެނޑިގެންދާ ފަދަ ކަމެއް ނުކުރުމާއި އެފަދަ ކަންކަމަށް އެއްބާރުލުން ލިބޭފަދަކަމެށް ނުކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.

މާތް ﷲ އަށް ތަޤްވާވެރިވާށެވެ! ދުނިޔޭގައި ކުޅަ ޢަމަލުތަކާ މެދު ސުވާލު ކުރެވޭނޭ ދުވަހަށް ތައްޔާރުވާށެވެ! އެދުވަހުން ތިމާ ކުޅަ ހެޔޮ ޢަމަލު ފިޔަވައި، އެހެން ކަމަކުން ފައިދާއެއް، މަންފާއެއް ނުކުރާނެކަން ތިޔަބައިމީހުން ދަންނާށެވެ! އެދުވަހަކީ ދުނިޔޭގައި ތިމާ އެއްކުރި މުދަލާއި، ދަރިންގެ ފުށުންވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭނެ ދުވަސްކަން ހަނދާންކުރާށެވެ!

ހުތުބާގައި ބުނެފައިވެއެވެ.

ބިނާއެއްގެމިސާލު އިސްލާމީ އުއްމަތަށް ދީ ބުނެފައި ވަނީ އިސްލާމީ އުއްމަކަތަކީ އެއްއުއްމަތެއް ކަމަށާއި މިއީ ބައިބައިވުމަށް ފުރުސަތު ނުދޭ އުއްމަތެއް ކަމަށެވެ. މާތް ﷲ ގެ ޙަޞްތަރުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމް ކުރާ މީހުންގެ ދަރަޖަ މަތިވެރިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: