ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހެއްގެ އަބުރު ގެއްލުވާލުމުން ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން، މުޅި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލޭ: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ބޮޑު އިސްކަމެއް ދެއްވައިފައިވަނީ އަބުރު ގެއްލުވައިލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި ފަސާދައަށް މަގުފަހިވުމާއި ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާއީ ފޭރާން ވީދޭނެތީކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޞޫއަކީ ”މުސްލިމުންގެ އަބުރާއި އިއްޒަތް“ މި މައުޞޫއެވެ.

އެގޮތުން މީހެއްގެ އަބުރަކީ މުސްލިމެއްގެ އަބުރާއި އިއްޒަތްކަން ފާހަގަކޮށް މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމަ، ޖިސްމާނީ އަނިޔާއަށް ވުރެ ވެސް މާބޮޑު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި މީހެއްގެ އަބުރާއި އިއްޒަތް ކަތިލާ އޭނާ އެކަހެރިކޮށްލުމުން އެ މީހަކު ދުނިޔޭގައި އުޅޭން ޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައިކަމަށާއި އަބުރު ކަތިލެވޭ މީހާއާމެދު މުޖުތަމައު ދެކޭގޮތް ބަދަލުވެގެންދާކަމަށް ހުތުބާގައިވަނީ ބުނެފައެވެ. އަދި އެމީހެއްގެ ކިބައިން ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނާންނެތަސް، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނަކާއި އަނިޔާއެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

”އާދަމުގެ ދަރިއެއްގެ އަބުރު ކަތިލައި އޭނާ ނިކަމެތިކޮށްފިނަމަ އެކަމުގައި ހުންނާނޭ ފާފައިގެ ބޮޑުކަން ތަޞައްވުރުކުރާށެވެ! ގެފުޅުވަށައި ޠަވާފުކުރައްވަމުން ގެފުޅަށް ނިސްބަތްކުރައްވައި ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ތިބާގެ މާތް ކަމާއެވެ! ތިބާގެ ވަސްމީރުކަމާއެވެ! އަދި ތިބާގެ ޙުރުމަތްތެރިކަމާއި މަތިވެރިކަމުގެ ބޮޑުކަމާއެވެ! އެކަލާނގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ކަލާނގެ ގަންދީ ވިދާޅުވަމެވެ! ﷲގެ ޙަޟުރަތުގައި، ތިބާގެ ޙުރުމަތަށްވުރެ މުއުމިނެއްގެ ޙުރުމަތް މާ މަތިވެރިއެވެ! އޭނާގެ މުދަލާއި، އޭނާގެ ލޭގެ ޙުރުމަތެވެ. އަދި އޭނާއާ މެދު ހެޔޮ ގޮތުގައި މެނުވީ ހީނުކުރުން ހުއްޓެވެ.“

އިސްލާމް ދީނުގައި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށް ޓަކައި އެތައް ކަމެއް ޝަރުއުކުރައްވައިފައި ވާއިރު މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެކަމުގެ މައްޗަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނައިނަމަ ލައުނަތްލެއްވިގެންވާ ބޮޑު ފާފައެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެ ތުހުމަތުކޮށް ވާހަކަ ފެތުރި ކޮންމެ މީހެއްގެ ގައިގައި 80 އެތިފަހަރުން ހައްދު ޖެހުމަށް ފަހު، އެއީ ފާސިގުންކަމުގައި ބަލައި ދުވަހަކު ވެސް އެ މީހުންގެ ހެކިބަސް ގަބޫލުނުކުރުމަށް މާތް ﷲ ވަހީކުރައްވައިފައިވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު އިންސާނާގެ ގަދަރާއި އިއްޒަތް ގެއްލިދާ ކޮންމެ ކަމެއް އެކަލާނގެ ނަހީކުރެއްވިކަމާއި އެހެންކަމުން އިންސާނާގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ޒާތީވުމުންނާއި ހިތުގައިވާ ޙަސަދައިގެ ބޮޑުކަމުން، ތެދުދޮގު ބެލުމެއް ނެތި، މީސްމީޑިޔާގައި މީހުންގެ އަބުރު ކަތިލަނީ، ތިމަތިމާމެންގެ ޅަދަރީންގެ ކުރިމަތީގައި ކަމަށާއި މާދަމާ ގައުމުގެ ހުންގާނާ ހަވާލުވާން ތިބި ކުދީންނަށް ދެވޭ ތަރުބިޔަތަކީ ނުވަތަ ދެއްކޭ ނަމޫނާއަކީ އެއީކަމުގައިވާނަމަ، މާދަމާ ގައުމުގެ ހާލަތު އޮންނާނެ ގޮތާމެދު އަހަރެމެންނަށް ވިސްނާލެވެނީ ކިހާ މިންވަރަކަށް ކަމާމެދު ހުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: