ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ގިނަ އަދަދެއްގެ ކުދިން ހޮސްފިޓަލް ތަކުގައި އެޑްމިޓްކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އިން ކުރި ޓުވީޓެއްގައި ހާމަކޮށްފައި ވަނީ މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގާ ކުދިންގެ އަދަދު ކުއްލި ގޮތަކަށް ވަނީ މައްޗަށް ގޮސްފައިކަމަށެވެ.
މިބަލީގެ ސަަބަބުން ހޮސްޕިޓަލްތަށް ފުރި ބާރު ބޮޑުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ރޭއިން ފެށިގެން ބޭރަށް ހިންގުމާއި ހޮޑުލުން މާލެ ސަރަޙައްދުން ކުއްލިއަކަށް ވަނީ އިތުރުވެފައެވެ. ކަމާބެހޭ ފަރާތްތަކާ ގުޅިގެން ސަބަބު ދެނެގަތުމަށް މިދަނީ މަސައްކަތްކުރަމުންނެވެ.
— Health Protection Agency (@HPA_MV) July 28, 2023
ހޮސްޕިޓަލްތަކުގެ އިމަޖެންސީގައި ގިނަ އަދަދެއްގެ ކުދިން އެޑްމިޓްކޮށްފައި ވާއިރު މިކަމުގެ ސަބަބެއް އަދި އެޗްޕީއޭ އަށް ހޯދިފައި ނުވެއެވެ. ނަމަވެސް ބަލި ފެތުރެނީ ކޮން ސަބަބަކާއ ހުރެތޯ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މި ބަލިން ރައްކާތެރި ވުމަށް ގިނަ ގިނައިން އަތް ދޮވުމާއި ކެއުމުގެ ކުރިން އަތް ދޮވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ސާފުތާހިރު ކަމަށް ހާއްސަ ސަމާލު ކަމެށް ދިނުމަށްވެސް އެދިފައިވެއެވެ.
މުޅި މާލެ ހޮޑުލުމުގައި
🏫ގެ ER ފުރިފައިއޮތީ ހޮޑުލާ👶
🖐️ދޮވެގެން ނޫނީ ނުކާތި
އަވަސްއަވަހަށް 🖐️ދޮވެލަން އާދަކުރަމާ
ހޮޑަށްދޭ ބޭސްކޮޅެއް ދީފައި މަދުމަދުންވިޔަސް އަވަސްއަވަހަށް ދިޔާއެއްޗެހިދެއްވާ
ފެންމަދުވިޔަ ނުދީވޭތޯބަލާތި
މާވަރުދެރަވެ ހީސްނުލާ 8 ގަޑިއިރުވީމާ ޖެހޭނީ IV ކޮޅެއްދޭން— Ahmed Faisal (@Faisalnaifaru) July 28, 2023
ޑޮކްޓަރުން ވަނީ ބަލީގެ އަލާމާތްތައް ފެނުމާއި އެކު ވީހާވެސް އަވަށް ޑޮކްޓަރަށް ދެއްކުމަށް އެދިފަ އެވެ. އަދި އަވަސް އަވަހަށް އަތް ދޮވުމާއި ހޮޑަށް ދޭ ބޭސްތަކާއި އެކު ކުޑަ ކުދިންނަށް ވީހާވެސް ގިނައިން ދިޔާއެއްޗެހި ދިނުމަށް ވަނީ އިރުޝާދު ދީފަ އެވެ.
އެނގިފައިވާ ގޮތުގައި މާލޭގައި ބޭރަށް ހިނގުމާއި، ހޮޑު ލުމުގެ ރޯގާއެއް ފެތުރޭތާ ވަނީ ހަފްތާއެއް ވެފަ އެވެ. އެކަމަކު ރޭ ދަންވަރު ކުއްލިއަކަށް ހޮސްޕިޓަލްތަކަށް ބާރު ބޮޑުވި ސަބަބެއްކަމަށް ބެލެވެނީ އިއްޔެ މާލޭގެ މަގުތަކުގައި ހަރަކަތާތައް ކުރިޔަށް ގެންދިޔަ ވަގުތު ގިނަ ބަޔަކު އެއްތަނަކަށް އެއްވެފައިވާތީ އެވެ. މ

