ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ކެނޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅައިފިން: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅިފައިވާކަމަށް ރަނިންގް މޭޓު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީ ފޯމު އިލެކްޝަންސްއަށް ހުށައެޅުމާއިއެކު، ބަލައިނުގަންނަކަމަށް އީސީއިންވަނީ ބުނެފައެވެ. އެ މައްސަލައިގައި އިދިކޮޅުންވަނީ އިންތިހާބީ ހައްގުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ. އެއަށްފަހު ޖަމީލު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ކެނޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅިފައިވާކަމަށެވެ. އަދި ކުރައްވަމުންދަނީ ސަރުކާރުގެ ނުފޫޒުން ނިގުޅައިގަނެފައިވާ ރައީސް ޔާމީންގެ ހައްގުތައް ކަށަވރު ކުރުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ. އޭޏާ ވިދާޅުވީ، އިރާދަކުރެއްވިއްޔާ ހައްގަށް ނިސްރު ލިބިގެންދާނެކަމަށެވެ.

ރައީސް ޔާމީންގެ ކެނޑިޑަސީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅިފައިވާއިރު، ކެނޑިޑޭޓުން ކަނޑައެޅުމުގެ މައުޟޫއާއި ގުޅިގެން ޕީޕީއެމްގެ ތެރޭގައިވެސް މައްސަލަތައް އުފެދިފައިވާކަމަށް ރިޕޯޓުތައް ކުރެވިފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ލީޑަރޝިޕުން މަޝްވަރާތައް ނުކުރާކަމުގެ ޝަކުވާތައް ބައެއް މެމްބަރުން ކުރަމުންދާކަމަށް ރިޕޯޓުތަކުގައިވެއެވެ. އިލެކްޝަންސްއިން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތީ އެމަނިކުފާނު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދިއުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ކުރީގެ އުއްތަމަ ފަނޑިޔާރެއްވަނީ އިލެކްޝަންސްގެ ނިންމުން ގާނޫނުތަކާއި ފުށު އަރާކަމަށްވެސް ބުނެފައިކަން ފާހަގަކުރެވެއެވެ.

ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމައި، އޭގެ ސަބަބު ބަޔާން ކުރާ ލިއުމުގައި އީސީން ބުނެފައި ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާގޮތުގެ މަތީން، ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރުމަށް ހުށަހެޅި ހުށަހެޅުން ގަބޫލު ކުރެވެން ނެތީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

ކޮމިޝަނުން ބުނީ ރައީސް ޔާމީނަކީ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތުގެ ހުޖުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމީން ހުށަހަޅާފައިވާ ކުށުގެ ރެކޯޑުން ވެސް އެކަން އެނގެން އޮތް އިރު ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: