ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަންގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް މުއިއްޒު ވާދަކުރައްވަނީ ޔާމިންގެ ތާއީދާއެކު: ޕީޕީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް މަލޭގެ މޭޔަރު ޑރ. މުއައްމަދު މުއިއްޒު ވާދަކުރައްވަނީ ޕީޕީއެމް، ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ތާއީދާއެކު ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ރައީސް ޔާމިންއާ ދެކޮޅަށް ހުކުމް ކުރުމުން އެމަނިކުފާނު އެދިވަޑާއިގެންނެވީ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. ނަމަވެސް ސެނެޓު ބައްދަލުވުމުގައި ބޭއްވި ވޯޓުގައި 45 ވޯޓު އިންތިހާބު ބޮއިކޮޓު ކުރުމަށް ލިބިފައި ވީއިރު 67 ވޯޓު ލިބިފައިވަނީ އިންތިހާބު ބޮއިކޮޓު ނުކުރުމަށެވެ. ސެނެޓުގެ ނިންމުމާ އެމަނިކުފާނު ދެކޮޅުހައްދަވާފައި ވެއެވެ.

ނަމަވެސް ސެނެޓު މެންބަރުންނާއި، ޕާޓީގެ އާންމު މެންބްރުންނާއި އަދި ރައްޔިތުންގެ އެދުމާއި އެއްގޮތަށް އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައި ވެއެެވެ. އެމަނިކުފާނުގެ ފުރިހަމަ ތާއީދު ޕީއެންސީއިން ނެރެފައިވާ ކެންޑިޑޭޓު މުއިއްޒު އަށް އޮތް ކަމަށް ވަނީވިދާޅުވެފައެވެ.

ޕީޕީއެމްއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި ޢާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމާއި، ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާ، ޕީއެންސީ އިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވައިފިވާ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: