ގއ. މާމެންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަނަށް ހަވާލުކޮސްފިއެވެ.
ޑިޒައިން އެންޑް ބިލްޑް އޮފް ގއ.މާމެންދޫ މޭގަރ ރޯޑްސް ގެ ނަމުގައި ހިންގާ މި ޕްރޮޖެކްޓުގެ ނިންމުމަށް 2 އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު މި ކޮންޓްރެކްޓުގެ އަގަކީ 138,675,598.56 (ސަތޭކަ ތިރީސް އަށްމިލިއަން ހަލައްކަ ހަތްދިހަފަސްހާސް ފަސްސަތޭކަ ނުވަދިހަ އަށްރުފިޔާ ފަންސާސް ހަލާރި) އެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިފާ މައިގަނޑު މަސައްކަތްތަކަކީ 5047 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި އަދި މަގު ބައްތި ޖެހުން ހިމެނެއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރި އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާރމަނަންޓް ސެކްރަޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ، އަދި ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަލްއުސްތާޛް އަހްމަދު ޝިހާދު އެވެ.

