ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކެމްޕެއިނަށް ޑރ. މުއިއްޒު ތިލަދުންމައްޗަށް

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިންގެ ރަސްމީ ދަތުރުތައް ތިލަދުންމައްޗަށް ފައްޓަވައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަމްބަރުތައް ތަރުތީބު ކުރުމާއި އެކު ރަސްމީ ކެމްޕެއިނުތައް ޑރ. މުއިއްޒު ފެއްޓެވީ މާލޭގެ ސަރަހައްދުގެ ހަރަކާތްތަކާއި އެކު އެވެ. އެގޮތުން ހުޅުމާލޭގެ، ފޭސް ދޭއްގެ ހިޔާ ފްލެޓުތަކުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވި އިރު ކާނިވަލުގައި މުއިއްޒުގެ ރަސްމީ ކެމްޕެއިން ޖަގަހައެއް ވެސް ވަނީ ހުޅުވާފަ އެވެ.

އިންތިހާބަށް ބާކީ 28 ދުވަސް އޮތް އިރު، މުއިއްޒު މިއަދު ކެމްޕެއިން ދަތުރުތައް ފެއްޓެވީ ހދ. އަތޮޅުންނެވެ. އެގޮތުން 14 ރަށަކަށް މި ދަތުރުގެ ތެރެއިން ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދުގެ ބޮޑު ޖަލްސާ އޮތީ ހދ. ކުޅުދުއްފުށިގަ އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބާއި ގުޅުން ހުރި ބައެއް ހަރަކާތްތަކުގައި މުއިއްޒު ވިދާޅުވީ އޭނާގެ ބަދަލު ހިފުމުގެ އެއްވެސް ވިސްނުމެއް އަދި އެފަދަ ރޫހެއް ނުހުންނާނެ ކަމަށެވެ. އަދި ރައްޔުން އެދޭ ތަރައްގީ ގެނެސްދެއްވާނެކަމަށް ވައުދުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: