ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ”ޒުވާނުންގެ ބޯހިޔާވަހިކަން“ ސިޔާސަތުގެ ދަށުން ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށް ވައުދުތަކެއް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ށ މިލަަންދޫ އަށް ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބަށް ހުށައަޅާ މެނިފެސްޓޯގައި ހިމެނޭ ”އާ ޒުވާން ޖީލު“ ސިޔާސަތުތަކުގެ ދަށުން ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދައިދިނުމަށް ވައުދުވެއްޖެއެވެ.

މެނިފެސްޓޯގެ ދެވަނަ ބައި އިސްތިތާހުކޮށްފައިވަނީ ރޭ ނ ވެލިދޫގައި ބޭއްވި އެމްޑީޕީގެ ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައެވެ. ”އާ ޒުވާން ޖީލު“ ގެ ދަށުން ހިމެނޭ ސިޔާސަތުތަކުގެ ތެރޭގައި ޒުވާނުންނަށް ޖެހިފައިވާ އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ ކުރުމަށް ރާވާފައިވާ ކަންކަން ހިމަނާފައިވެއެވެ.

އެގޮތުން:

  • ބޮޑެތި އެޑްވާންސްތަކާ ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/ އަމިއްލަކުރެވޭނެ މަގުފަހިކޮށްދިނުން.
  • ފަސްޓް ޓައިމް ހޯމް އޯނަރސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓަރަސްޓް 6 ޕަސަންޓަށްވުރެ ގިނަ ނުވާނެހެން، 10 ޕަސަންޓް އިކުއިޓީގައިދިނުން.
  • ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިންގ ތައާރަފުކުރުން.

ފެންވަރު ރަނގަޅު، ދެމެހެއްޓެނިވި ދިރިއުޅުމަކަށްޓަކައި ތިމާގެ ވަށައިގެންވާ މާހައުލުގެ ދިރުމަށާއި، އަމިއްލަ ނަފްސުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ކަށަވަރުކުރާނެ މަގުގައި، ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންގެ ފުރިހަމަ ބައިވެރިވުމާއިއެކު، ޒުވާނުން ތަމްސީލުވާ މުޖުތަމައުއެއްގައި ބިނާކުރަނިވި ދައުރެއް އަދާކުރާ މީހަކަށް ކޮންމެ ޒުވާނަކުވެސްވާނެކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: