އިންވެސްޓު ކުރާ ފަރާތްތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހައްދަވާ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
ނ އަތޮޅަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި ފޮއްދޫއަށް ވަޑައިގަނެ އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ އެރަށަކީ މީހުން ބަލައިގަންނަ މަންޒިލެއްކަމަށާއި ހަމައެކަނި ބޭނުންވަނީ ރަނގަޅަށް އިންވެސްޓު ކޮށް ބޭނުންވާ ހިދުމަތްތަށް ލިބޭނެ ގޮތެއްކަމަށެވެ. އަދި އެ ހުރިހާ ހިދުމަތެއް ރައީސް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް ނިނުމެވަޑައިގަތީ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަސާސީ ހިދުމަތް ތަކުގެ ބިންގާ އެޅީފައިވާ ކަމަށާއި ރައީސްގެ މަގްސަދަކީ ރާއްޖެ އެހެން މަރުހަލާއަކަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ. އަދި އުފާވެރި އަމާން ރާއްޖެއެއް ކޮންމެ ރައްޔިތަކަށް ހޯދައި ދިނުމަކީ އެމަނިކުފާނުގެ އަމާޒު ކަމުގައި ވިދާޅުވިއެވެ.
2023 އިން 2018 އަށް ވެރިކަން ކުރެއްވި ގޮތް ހަނދާން ނައްތާލެވެން ނެތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ވެރިކަންކުރެއްވީ ގަދަ ބާރުން ކަމަށާއި ހިޔާލު ތަފާތުވި ކޮންމެ ފަރާތެއް އިންނަން ޖެހުނީ ޖަލުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިިހާބަށް މިފަހަރުވެސް ނުކުމެ ވަޑައިގެން ވިދާޅުވީ އެ ސަރުކާރުން އިސްކަން ދޭނީ އާބާދީ ބޮޑު ރަށް ރަށަށް ކަމަށެވެ. އެސަރުކާރު އަލުން ވެރިކަމަށް އަތުވެއްޖެ ނަމަ ކުދި ރަށް ރަށް ބާކީ ވެގެން ދާނެ ކަމުގެ ބިރު އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ފަށާފައިވާ މަޝްރޫއުތަށް ހުއްޓި ރައްޔިޔުން ބިކަހާލުގައި ޖެހޭނެކަމަށްވެސް ރައީސް ވިދާޅުއެވެ.
އެމނަިކުފާނު ވިދާޅުވީ ނ އަތޮޅަށާއި ފޮއްދޫއަށް ބޮޑެތި ބަދަލު ތަކެއް ގެންނާނެ ކަމަށެެވެ.

