ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވައުދު ރައްޔިތުންނަށް މަންފާ ވާގޮތަށް މާފުށި، ގުރައިދޫގެ ބިން އިތުރު ކުރުމަށް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. އަތޮޅުގެ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށް ވާތީ، މަޝްވަރާރައާއި ހިޔާލާ އެއްގޮތަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަތޮޅުތަކުގެ ދަތުރުގެ ތެރެއިން ކ. ގުރައިދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތަކާއި މެދު ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެއީ އެ ރައްޔިތުން ބޭނުންވާ ގޮތާއި ހިލާފަށް ކުރިޔަށް ގެންދާ މަޝްރޫއުތަކެއްކަން ފާހަގަކޮށް މުއިއްޒު އޭގެ ތެރެއިން ފާހަގަކުރީ ކ. ގުޅި، ކ. މާފުށި، އަދި ކ. ގުރައިދޫގެ ބިމެވެ.

މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ކުރިޔަށް ގެންދާއިރު، ރައްޔިތުންގެ އަޑު ނާހައި މަސައްކަތް ކުރުމަކީ ގޯހެއް ކަމަށެވެ. އަދި ހާއްސަކޮށް މި ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތެއް ކުރިޔަށް ގެންދިޔަސް ނުވަތަ ބަނދަރުގެ މަސައްކަތެއް ކުރިޔަށް ގެންދިޔަސް އެއީ އެއްވެސް ވަރަކަށް ރައްޔިޔުންގެ ހިޔާލެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ މުއިއްޒު ގޮވާލީ ރައްތިތުންގެ ބަސް އަހާނެ ސަރުކާރަކަށް ފުރުސަތު ދިނުމަށެވެ.

މާލެ އަތޮޅުގެ މި މަޝްރޫއުތައް ފާހަގަކޮށް މުއިއްޒު ވިދާޅުވީ މާފުށީގެ ބިމާއި، ގުރައިދޫގެ ބިން ހިއްކާފައި ވަނީ އެއްގޮތަކަށް ވެސް ރައްޔިތުން އެދުނު ގޮތަށް ނޫން ކަމަށެވެ. އަދި ގުރައިދޫގެ ބިން ހިއްކާފައި ވަނީ އޭގެއިން އެއްވެސް ފައިދާއެއް މަންފާއެއް ުލިބޭ ގޮތަކަށް ނޫންކަމަށް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ވެރިކަމަށް އައުމުގެ ފުރުސަތު ދީފި ނަމަ، އެކަން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.

މުއިއްޒު ވައުދުވީ އެ ރަށުގެ މުސްތަގުބަލަށްޓަކައި، މިހާރު ހިއްކާފައިވާ ބިމާއި އިންވެގެން ފަޅުތެރެ ހިއްކައިގެން ރަށަށް ބިން އިތުރުކޮށްދިނުމަށެވެ.

މާފުއްޓަށް މުއިއްޒު ވީ ވައުދުތަކުގެ ތެރޭގައި ހިމެނެނީ، ބިން އިތުރުކޮށް މަންފާ ނިކުންނާނެހެން ސިޔާސަތުތައް އެކުލަވާލުމެވެ. އަދި ގުޅީގައި ބިން ހިއްކުމަށް ބަންޑް ވޯލްޑް ޖަހާފައި ވަނީ ދޯދިޔާކޮށްކަމަށް ވާތީ އެކަމަށް މުއިއްޒު ފާޑުވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: