ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ މެނިފެސްޓޯ؛ 20 އަހަރުގެ ޕްލޭނެއް، 65،000 ގެދޮރު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް، ގެދޮރުވެރިކަމުގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުއިއްޒުގެ ވެސް ބޮޑު ހިއްސާއެއް އެކުލެވޭ ގޮތަށް ތަރައްގީ ކުރި ހިޔާ ފްލެޓުތައް ސަރަހައްދުގައި ބޭއްވި މެނިފެސްޓޯ ލޯންޗިން ޖަލްސާގައި ވިދާޅުވީ ގެދޮރުވެރިކަމާއި ގުޅޭ ދުރުރާސްތާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 20 އަހަރުގެ ތެރޭގައި 65،000 ހައުސިންގެ ޔަގީންކަމެވެ. މިރޭ މުއިއްޒު ހުށަހެޅުވި ”ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޝަކުވާތަކާއި ގުޅިފައިވާ މައްސަލައަކަށްވުމާއި އެކު، މުއިއްޒުގެ މެނިފެސްޓޯގައި ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި މާލޭގެ ސަރަހައްދަށް އެކަނި 65،000 ގެދޮރު ހިމެނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ގުޅީފަޅު، ގިރާވަރު ފަޅު، ފުށިދިއްގަރު ފަޅު އަދި މާލޭގެ ރީޑިވެލޮޕްމަންޓުގެ ދަށުން ހުސްވާ ބިންތައް އަދި ހުޅުމާލެ އާއި ވިލިމާލެއިން ލިބެން ހުރި ބިންތަކެވެ. މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މި ސިޔާސަތުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ފްލެޓެއް، ނުވަތަ ގޯއްޗެއް ޔަގީންކޮށްދޭ ކަމަށެވެ. އަދި އަލަށް ގެދޮރު އިމާރާތް ކުރާ މީހުންނަށް ފަސޭހައިން ދައްކާ ހަލާސް ކުރެވޭ ގޮތަށް 05 އިންސައްތައިގެ އިންޓްރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ބޭންކު ލޯނު ލިބޭނެ އިންތިޒާމު ފަހިކޮށްދޭނެ ކަމަށެވެ. އެއީ ގެދޮރު އިމާރާތުގެ މަސައްކަތް ކުރިޔަށް ގެންދަނިކޮށް އެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓިފައިވާ ނަމަ އެއްކޮށް ނިންމާލުމަށް ދޫކުރާ ބޭންކު ލުއި ލޯނު ސްކީމެއް އެކުލަވާލުމަށެވެ.

މި ހުރިހާ ސަރަހައްދަކަށް ދޭ ބޯހިޔާވަހިކަން ފުރިހަމަ ކުރުމަށް ފަހު ދެން އެއްކޮށް ގުޅުވާލުމަށް ހަމަޖެހިފައި ވަނީ ހައި ސްޕީޑު ފެރީގެ ނިޒާމަކުންނެވެ.

މުއިއްޒު އާންމު ކުރެއްވި މެނިފެސްޓޯގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުގެ ޔަގީންކަން ދެއްވައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް އެ ޔަގީންކަން ދެއްވި އެވެ.

މީގެއިތުރުން މުއިއްޒު ވިިދާޅުވެދެއްވި ފުށިދިއްގަރު ފަޅުގެ މާސްޓަރ ޕްލޭންގައި ވަނީ 1،280 ގެ ބޮޑު ސަރަހައްދެއް ހިއްކެން އޮތުމާއި އެކު އެ މަސައްކަތް ކުރުމަށެވެ. އެއީ ހުޅުމާލެގެ ފޭސް އެކެއް އާއި، ފޭސް ދޭއް އެއްކުުރުމުން ވާވަރުގެ ވެސް ތިން ގުނަ އެވެ. އެހެންކަމުން އެތަނުން އެކަނި ވެސް 11،970 ގޯއްޗާއި، 26،500 ގޯތި ހައުސިން ޔުނިޓު ދޫކުރެވޭނެ އެވެ. އެހެންކަމުން މިުއީ މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރު ޔަގީންވާ ޮޕްލޭނެއްކަމަށް މުއިއްޒަު ވިދާޅުވި އެވެ. އެ ޕްލޭންގެ މާސްޓަރ ޕްލޭން ކުރެހުމެއް ވެސް މުއިއްޒު އާންމު ކުރެއްވި އެވެ.

ދެން މުއިއްޒު ހާމަކުރެއްވީ ގިރާވަރު ފަޅާއި، ގުޅީފަޅުގެ މަސައްކަތުގެ ޕްލޭނެކެވެ. އެ ދެތަން އިތުރަށް ހިއްކަން ވައުދުވީ އިރު، އެއީ ގިރާވަރު ފަޅުން 89 ހެކްޓަރު ހިއްކައި އެތަނުން 1،050 ގޯއްޗާއި، 2800 ހައުސިން ޔުނިޓެވެ. މިއީ 1،400 އާއި 1،650 ގެ ގޯއްޗެކެވެ.

މިރެގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެއްވެސް ވައުދެއް ވަނީ އެކަމުގެ ޕްލޭނެއް ނެތި ނޫންކަމަށާއި، ނުފުއްދޭނެ ވައުދެއް ނުވަތަ ނަތީޖާއެއް ނުނިކުނާނެ ވައުދެއް ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: