ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ވައުދު: އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މައި މަރުކަޒަކަށް ރާއްޖެ ހެދުން!

ރައީސް ސާލިހުގެ އިގުތިސޯދީ ސިޔާސަތު އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ މައި މަރުކަޒަކަށް ރާއްޖެ ހެދުން އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނައިފިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވެފައި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުވުމަށް އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއްކަމުގައި މި ސަރުކާރުން ދެކެއެވެ. ބައިނަލްއަގްވާމީ މާލީ ބާޒާރުގައިވެސް އިސްލާމިކް ފައިނޭންސަށް އޮތް ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ސަރަހައްދީ ފެންވަރުގައި ވާދަކުރެވޭ ފެންވަރަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި، ރާއްޖޭގެ އިގުތިސާދަށް އާ ޕްރޮޑަކްޓްތަކެއް ތައާރަފްކޮށް މާލީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެވޭނެކަމަށް އެމްޑީޕީއިން ގަބޫލުކުރެއެވެ.

މިކަންކުރުމަށް އެމްޑީޕީއިން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި:

  • ރާއްޖޭގައި އިސްލާމިކް ފައިނޭންސް އިތުރަށް ފުޅާކުރުމަށް ގައުމީ މާސްޓަރ ޕްލޭނެއް އެކުލަވާލައި، ރާއްޖެއަކީ އިސްލާމިކް ފައިނޭންޝަލް ހަބަކަށް ހެދުމަށް އިސްލާމިކް ފައިނޭންސަށް ޚާއްސަ ރީޖަނަލް ފައިނޭންޝަލް ސެންޓަރެއް ގާއިމުކުރުން.

  • އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އިތުރަށް މިދާއިރާއަށް އިންވެސްޓްކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިތުބާރު ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ފައިނޭންސާ ގުޅުން ހުރި ޚާއްސަ ޣާނޫނީ އޮނިގަނޑެއް އެކުލަވާލައި ތަންފީޒުކުރުން.

  • ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތްތަކުގައި އިސްލާމިކް ފައިނޭންސަށް އިސްކަންދީ، ބޭންކިންގ، އިންޝޫރަންސް، އަދި ޕެންޝަން ފަންޑް ފަދަ ދާއިރާތަކަށް ކޮންވެންޝަނަލް ފައިނޭންސަށްވުރެ ފަހިކޮށް ފަސޭހައިން އިސްލާމިކް ފައިނޭންސަށް އެކްސެސް ލިބޭނެ މާލީ ނިޒާމެއް ޤާއިމުކުރުން.

  • ކިޔަވާ ކުދިންނާއި އާންމުންގެ ތެރޭގައި ފައިނޭންޝަލް ލިޓްރަސީ އިތުރުކޮށް، އިސްލާމިކް ފައިނޭންސް ދާއިރާ އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންވާނެ އިންސާނީ ވަސީލަތް ތަރައްގީކުރުން.

  • ޒަކާތާބެހޭ ގާނޫނެއް އެކުލަވާލައި، ޒަކާތް ފަންޑުން އިންވެސްޓްކުރެވޭނެ ޝަރީއާ ކޮމްޕްލަޔަންޓް އިންވެސްޓްމަންޓް ޕްރޮޑަކްޓްތައް ފަހިކޮށް، އޭގެއިން ނަފާ ހޯދާ، ފަންޑު އިތުރުކުރުން.

  • ވަޤުފްގެ ނިޒާމެއް އެކުލަވާލައި ބައިނަލްއަގްވާމީ ވަޤުފް ފަންޑުތަކުން ރާއްޖޭގެ ވަޤުފްތަކަށް އިންވެސްޓްކުރާނެ ނިޒާމެއް ގާއިމުކުރުން.

  • އިސްލާމިކް ވެންޗަރ ކެޕިޓަލް ފަންޑެއް މެދުވެރިކޮށް ރާއްޖޭގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ކެޕިޓަލް ފޯރުކޮށްދިނުން.

މިކަން ހާސިލްކުރުމަށް އެމްޑީޕީގެ މި ސަރުކާރުން ކޮށްފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ މާލީ ބާޒާރުން ސޮވްރިން ސުކޫކެއް މެދުވެރިކޮށް ފައިނޭންސް ހޯދާފައިވެއެވެ. ރާއްޖޭގެ ޑޮމެސްޓިކް މާލީ ބާޒާރުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިނޭންސް ހޯދުމަށް އެސެޓް ޕޫލެއް އެކަށައަޅައި ޑޮމެސްޓިކް ބާޒާރުން އިސްލާމިކް ޓީ-ބިލާއި ސުކޫކް އިޝޫކުރުމަށް ޕްލެޓްފޯމެއް ތައާރަފްކޮށްފައިވާކަންވެސް ފާހަގަަކުރެއެވެ. މިއާއެކު، ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ބޭންކުތަކާއި މާލީ އިދާރާތަކުން ސަރުކާރުގެ ސެކުއިރިޓީޒްގައި އިންވެސްޓްކުރެވޭނެ މަގު ފަހިވާނެކަމަށް އެމްޑީޕީއިން ބުންޏެވެ.

މީގެ އިތުރުން ޕްރައިވެޓް ސެކްޓަރގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިންސްޓިޓިއުޝަނަލް އިންވެސްޓަރުން މެދުވެރިކޮށް ޝަރިޢާ ކޮމްޕްލަޔަންޓް އިންސްޓްރޫމަންޓްތައް މެދުވެރިކޮށް ފައިސާ ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: